ads
ކޮރޯނާ ވައިރަސް އިޓަލީ
އިޓަލީ އަނެއްކާވެސް ފުރަބަންދަކަށް
ދުނިޔޭގެ އެކި ސަރަހައްދުތަކަށް ހަލުވިކަމާއި އެކު ފެތުރެމުން އަންނަ ކޮވިޑް-19 ގެ 3 ވަނަ ރާޅެއް އިޓަލީއަށް ނެގުމާއި އެކު އެގައުމުން ފުރަބަންދަކަށް ދާން ތައްޔާރުވާ ކަމަށް އިޓަލީގެ ބޮޑުވަޒީރު މާރިއޯ ޑްރަގީ ވިދާޅުވެއްޖެ އެވެ.

އެއް އަހަރު ކުރީން ކޮވިޑްގެ ހާލަތު ގޯސްވެގެން އިޓަލީ ނޭޝަނަލް ލޮކްޑައުންއަކަށް ގޮސްފައިވާ އިރު، އިޓަލީ އަކީ ކޮވިޑާ ގުޅިގެން މުޅި ގައުމު އެއްކޮށް ފުރަަބަންދު ކުރި އެންމެ ފުރަތަމަ ގައުމުވެސް މެއެވެ 

އިޓަލީގެ ސަރުކާރުން ވިދާޅުވި ގޮތުގައި ކުރިޔަށް އޮތް އީސްޓާ ވީކެންޑާ ދިމާކޮށް އެގައުމު އެއްކޮށް ފުރަބަންދު ކުރުމަށް ނިންމާފައިވާކަމަށާއި، މިއީ އީސްޓާ އާ ދިމާކޮށް އިޓަލީ ފުރަބަންދު ކުރާނެ ދެ ވަނަ ފަހަރު ކަމަށެވެ. އަދި ހޯމަ ދުވަހުން ފެށިގެން ސްކޫލުތަކާއި، ރެސްޓޯރޯންޓްތަކާއި، ފިހާރަތައް އަދި މިއުޒިއަމްތައް ވެސް ބަންދުކުރުމަށް ވަނީ ހަމަޖެހިފައެވެ.

ކޮވިޑް-19 ގެ 26،000 އާ ކޭސްތަކެއް ފެނިފައިވާ އިރު މި ވައިރަހުގެ ސަބަބުން ބުރާސްފަތި ދުވަހުވެސް 373 މީހުން ވަނީ މަރުވެފައެވެ. މިއީ ކުރީ ހަފްތާގެ ތަފާސްހިސާބުތަކާއި ބަލާފައި 15 އިންސައްތައިގެ އިތުރުވުމެކެވެ.

ފާއިތުވި 13 މަސް ދުވަހުގެ ތެރޭގައި އިޓަލީގައި ކޯވިޑް ޖެހިގެން ލައްކައެއްހާ މީހުން ވަނީ މަރުވެފައެވެ. އެގައުމަކީ ހަތް ވަނަ އަށް އެންމެ ގިނަ މީހުން ކޯވިޑް ޖެހިގެން މަރުވި ގައުމެވެ.

ކޮވިޑްގެ ހާލަތުން އަރައިގަތުމަށް އިޓަލީގައި ވެކްސިން ދިނުމުގެ ކަންކަން ހަރުދަނާ ކުރަމުން އަންނައިރު، މިހާރު ދުވާލަކު ގާތްގަނޑަކަށް 170،000 މީހުންނަށް ވެކްސިން ދެއެވެ. 

އިޓަލީ އިން ވަނީ އޮކްސްފޯޑްގައި އުފެއްދި ވެކްސިން އެސްޓްރާ ޒެނިކާ ޖެހި މީހކު މަރުވުމުގެ ސަބަބުން އެވެކްސިން ސަސްޕެންޑް ކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް