ޕީޕީއެމް / ޕީއެންސީ ކޯލިޝަންގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ، މާލޭގެ އެކި ސަރަހައްދު ތަކުގައި ވެކްސިން ޖެހުމަށް އެޗްޕީއޭފެ ގައިޑްލައިން ތަކާއި ހިލާފަށް ހަދާފައިވާ ބޮޑެތި ކިއުތަކާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރުމަށް އިދިކޮޅު ކޯލިޝަންގެ ޕީޖީ ގުރޫޕުން ޕޮލިސް އެޗްކިއު އަށް ގޮސްފައިވާ ކަމަށެވެ.
އިދިކޮޅުން މިކަމުގެ ކަންބޮޑުވުން ފާޅުކުރުމަށް ފުލުހަށް ހާޒިރު ވީއިރު، އެޗްޕީއޭގެ ގައިޑްލައިންތަކާއި ހިލާފު ވެފައިވާތީ އިދިކޮޅު ކޯޅިޝަން ވަނީ ބައިލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފައެވެ. ޕީޕީއެމް/ ޕީއެންސީ ޖޫރިމަނާކުރީ މުޒާހަރާކުރުމުގެ ތެރެއިން އެޗްޕީއޭގެ މިންގަނޑުތަކާއި ތަކުރާރުކޮށް، ހިލާފުވެފައިވާތީ ކޮންމެ ޕާޓީއެއް 25000 ރުފިޔާ އިންނެވެ.