ads
ސޯނޫ ސޫދު
ކައިވެނި ސްޕޮންސަ ކުރުމަށް އެދުމުން ސޯނޫގެ ޖަވާބު
ސޯނޫ ސޫދު އަކީ ކޮވިޑް-19 ގެ ހާލަތުގައި ފަގީރުންނަށް އެހީތެރިވުމުގައި އަތުކުރިއޮޅާލައިގެން އެންމެ ކުރީ ސަފުގައި ހުރި އެއް ތަރިއެވެ. މީހުން ސޯނޫ ކައިރީ ތަފާތު ކަންކަމަށް އެދޭ އިރު އެކަންކަމުގެ ކުޑަ ބޮޑުމިނަށް ބަލާ ސޯނޫ އޭނާއަށް ކުރެވެން ހުރި ހުރިހާ ކަމެއް ކޮށްދެއެވެ.

ދުވާލެއްގެ މައްޗަށް އެތައް ސަތޭކަ މީހުން އެހީއަށް އެދެއެވެ. މިފަހަރު މިއޮތީ މީހަކު ސޯނޫ ކައިރީ އެމިހާގެ ކައިވެނި ސްޕޮންސާ ކޮށްދިނުމަށް އެދިފައެވެ. 

ސޯނޫ އެމީހާއަށް ދިން ޖަވާބު ވަރަށް ތަފާތެވެ. ސޯނޫ ބުނީ އެކަން ވެސް ކޮށްދީފާނެ ކަމަށެވެ. ނަމަވެސް އުނދަގޫ ކަމަކީ އަންހެނެއް ހޯދުން ކަމަށާއި ފުރަތަމަ އެކަމާ އުޅެން ސޯނޫ އެމީހާ ކައިރީ ބުންޏެއެވެ. 

ސޯނޫ ކިބައިން ތަފާތު ކަންކަމަށް މީހުން އެދޭ އިރު ބައެއް މީހުން ކާރު ފަދަ ތަކެއްޗަށް ވެސް އެދިފަ އެބަހުއްޓެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް