ads
ރިތޭޝްއާ ޖެނޭލިއާ
ޖެނީލިއާ އަތް ބިދުނު ފަހުން ބޮލުގައި ފުނާ އަޅައިދެނީ ރިތޭޝް!
ބޮލީވުޑްގެ އެންމެ މަޝްހޫރު ޖޯޑުތަކުގެ ތެރޭގައި ހިމެނޭ ރިތޭޝް ދޭޝްމުކް އަދި ޖެނީލިއާ ޑިސޫޒާގެ ލޯބީގެ ވާހަަކަތަކަކީ ދައްކައި ހުސްވާނެ ވާހަކަތަކެއް ނޫނެވެ. މިމަހު ކުރީކޮޅު ޖެނީލިއާގެ އަތް ބިދުނު ފަހުން ރިތޭޝް އަންނަނީ ކުރިއަށްވުރެ ވެސް ބޮޑަށް ޖެނީލިއާ އަށް ލޯތްބާ އަޅާލުން ދެމުންނެވެ.

ޖެނީލިއާ އިންސްޓަގްރާމްގައި ޕޯސްޓްކުރި ވީޑިއޯއެއްގައި ފެންނަނީ ރިތޭޝް އޭނާގެ އިސްތަށިގަނޑު އައްސައިދިނުމުގައި އުޅޭ ތަނެވެ. ވީޑިއޯގެ ކެޕްޝަންގައި ޖެނީލިއާ ލިޔެފައި ވަނީ އެމެރިކާގެ ލަވަކިޔުންތެރިޔާ ޕިންކް ސްވީޓސްގެ ލަވައެއް ކަމުގައިވާ "އައި ނީޑް ސަމްބޮޑީ ހު ކެން ލަވް މި އެޓް ވޯސްޓް" އެވެ. 

ޖެނީލިއާ ބުނީ އޭނާ ބޭނުން ވަނީ އެންމެ ދެރަ ހާލުގައި ވެސް އޭނާ އަށް ލޯބި ދޭނެ މީހަކު އޭނާ ބޭނުންވާ ކަމަށެވެ. ވީޑިއޯ ނިމޭތަނުން ޖެނީލިއާ ވަނީ ރަތޭޝް އަތުގައި ހިފާ ކައިރިކޮށް ކޮލުގައި ބޮސް ދީފައެވެ

your imageރިތޭޝް ޖެނީލީއާގެ އިސްތަށިގަނޑު އައްސައި ދިނުމުގައި-

ޖެނީލިއާގެ އަތް ބިދުނީ މިމަހު ކުރީކޮޅު އޭނާގެ ދަރިންނަށް ސްކޭޓިން ދަސްކޮށްދޭން ބޭނުން ވެގެން އެކުދިންނާ އެކު ސްކޭޓް ކުރަން އުޅުމުގެ ތެރޭގައި ވެއްޓި އަތް ޖެހުނު ގޮތަކުންނެވެ.

ރިތޭޝް ވަނީ ޖެނީލިއާ އެކު ހަތަރު ފިލްމެއްގައި މަސައްކަތް ކޮށްފައެވެ. އެއީ ތެރެ ނާލް ލަވް ހޯގަޔާ، މަސްތީ، ލައި ބާރީ، ތުޖޭ މެރީ ކަސަމް ހިމެނެއެވެ.

20%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
80%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް