ads
މާލެ
ހަށި ވިއްކުމާއި، ބަރަހަނާ ފޮޓޯތައް ލީކު ކުރާ ހާލިތަކަށް އެޅޭނެ ފިޔަވަޅެއް ނެތް؟
މައުލޫމާތު ހިއްސާކުރުމުގެ މައިގަނޑު ވަސީލަތަކަށް ސޯސަލް މީޑިއާ ވެފައިވާ އިރު، ބޭނުންތާކު ހުރެ އެކި ގައުމުތަކުގައި ހިނގަމުން އަންނަ ކަންކަމުގެ މައުލޫމާތު ވަގުތުން ވަގުތަށް އެންމެނަށް ވެސް ލިބުމަށް މަގުފަހިވާ ވަސީލަތަކަށް ސޯސަލް މީޑިއާ ވަނީ ވެފައެވެ. ކޮންމެ ކަމެއްގައި ވެސް އަނދިރި ފަރާތެއް ވާފަދައިން ސޯސަލް މީޑިއާގެ ވެސް އަނދިތި ފަރާތަކާއި ދިވެހިންތަކެއް ވަނީ ކުރިމަތިލާން ޖެހިފައެވެ.

ދިވެހިންގެ ބަރަހަނާ މަންޒަރު ހިމެނޭ ފޮޓޯ އާއި ވީޑިއޯ ޓެލެގްރާމްގައި އާއްމު ކުރަމުން ގެންދިޔަ ދެ ގްރޫޕެއް ޓެލެގްރާމް އިން ފޮހެލިތާ 5 މަހެއްހާ ދުވަސް ފަހުން އަނެއްކާ ވެސް އިތުރު ގްރޫޕެއް ހަދައިގެން ދިވެހިންގެ ބަރަހަނާ މަންޒަރު ހިމެނޭ ފޮޓޯ އާއި ވީޑިއޯ އާއްމުކޮށް އަންހެނުން ލައްވާ ހަށިވިއްކުމާއި ނަމާއި ނަންބަރު ހާމަކުރާ ކަމަށް މައުލޫމާތު ވަނީ ލިބިފައެވެ. 

މީގެ ކުރިން މިފަދަ ގްރޫޕްތަކެއް ޓެލެގްރާމް އިން ބޭން ކުރީ އެއީ ޓެލެގްރާމް އެޕްލިކޭސަން ބޭނުން ކުރުމުގެ ގަވައިދާއި ހިލާފަށް ހިންގަމުން ގެންދިޔަ ގްރޫޕްތަކެއް ކަމަށް ވާތީއެވެ. 

ބަރަހަނާ މަންޒަރު ފެތުރުމާއި، އެފަދަ މަންޒަރު އުފެއްދުމަކީ ރާއްޖޭގެ ގާނޫނު އުގޫބާތުގެ ދަށުން އަދަބު ކަނޑައެޅިފައިވާ ޖިނާއީ ކުށެކެވެެ. 

"މީގެ ކުރިން ވެސް އެތަކެއް ބައެއްގެ އިއްޒަތާއި އަބުރު ވެއްޔާ މޮޑެވިފައިވާއިރު ވެސް މިފަދަ ކަމަކަށް ދިވެހިންގެ ތެރެއިން އަމަލު ކުރެވެމުން އަންނަ ނިޒާމުގެ ތެރެއިން އަލުން ފުރުސަތު ލިބި، ކަނޑައެޅިފައިވާ އުގޫބާތުގެ ތެރެއިން ހައްގު އަދަބު ނުލިބުން ވެގެން ގޮސްފައިވަނީ މިފަދަ ކުށްވެރިންނަށް ލިބުން އިތުރު ހިތްވަރަކަށް،"

ސީއެންއެމް އަށް މައުލޫމާތު ދިން ބައެއް މީހުން ބުނާ ގޮތުގައި ދިވެހިންގެ ބަރަހަނާ މަންޒަރުތައް އާއްމު ކުރަމުން ގެންދިޔަ ދެ ގްރޫޕެއް މީގެ ކުރިން ޓެލެގްރާމް އިން ވަނީ ބޭން ކޮށްފައެވެ.

"އެގްރޫޕްތަކުގައި ތިބި މެންބަރުންގެ އަދަދު ސާޅީސް ހާހާއި ގާތްކުރޭ. ސިއްރުން ނަގާފައިވާ ފޮޓޯތަކާއި ވީޑިއޯތަކާއި އަދި ބައެއް މީހުން އަމިއްލައަށް ނަގާފައިވާ އެތަކެއް ފޮޓޯތަކާއި ވީޑިއޯތައް ކޮންމެ ދުވަހަކު އެގްރޫޕްތަކުގައި އާއްމު ކުރަމުން ގެންދިޔަ،" ސީއެންއެމްއަށް މައުލޫމާތު ދިން މީހާ ކުރިން ހިންގި މިފަދަ ގުރޫޕުތަކުގެ ވާހަކަ ކިޔައިދެމުން ބުންޏެވެ.

މިހާރު އަންހެނުން ލައްވާ ހަށިވިއްކުމުގެ މަސައްކަތް ކުރުވާ ގްރޫޕެއް ހެދިފައިވާ އިރު މި ގުރޫޕްތަކުގައި ތަފާތު އަންހެނުންގެ ނަންބަރުތައް ވެސް އަންނަނީ މި ގުރޫޕުތަކަށް އަޅަމުންނެވެ. 

މި ގްރޫޕްތައް ހިންގާ، އަދި އެތައް ބައެއްގެ ބަރަހަނާ ފޮޓޯ އާއި ވީޑިއޯ އާއްމު ކުރަމުން ގެންދާކަން ފުލުހުންގެ ސަމާލުކަމަށް ވެސް އޮތީ އައިސްފައެވެ. 

ދުނިޔޭގެ ބައެއް އެހެން ގައުމުތަކުގައި ވެސް ޓެލެގްރާމް ގްރޫޕްތަކުގައި ބަރަހަނާ ފޮޓޯ އާއްމު ކުރާ މައްސަލަ ފެންމަތިވެފައިވެއެވެ. އިސްރާއީލްގައި ވެސް މިއަހަރު ތެރޭގައި ވަނީ މިފަދަ މައްސަލައެއްގައި މީހަކުގެ މައްޗަށް ޖަލު ހުކުމެއް އިއްވާފައެވެ. އަދި އަވައްޓެރި އިންޑިއާގައި ވެސް މިފަދަ މައްސަލައެއްގައި މީހަކު ހައްޔަރުކޮށް ތަހްގީގް ކުރިއަށް އެބަގެންދެއެވެ.

މިފަދަ ގޮތެއްގައި ރާއްޖޭގައިވެސް މިފަދަ މައްސަލަ ސީރިއަސް މައްސަލަ އެއްކަމަށް ދެކި ބަލާއި ފިޔަވަޅު އެޅޭ ނަމަ އަންހެނުންގެ އިއްޒަތް ވެއްޔާ މޮޑެވުމުން ސަލާމަތް ވެގެން ދާނެއެވެ.

28%
ކަމުގޮސްފި
35%
އަޑުއެހިތާ މިހުރީ
23%
ސަތޭކައަކުން ސުމެއް
14%
ވަރަށް ސަލާމް
ކޮމެންޓްސް