ވަރަށް ފަހުން އޭނާ ވަނީ އިންސްޓާ ގްރާމްގައި އޭނާގެ މަންމަ ފޮނުވާފައިވާ ފޮޓޯއެއް ހިއްސާކޮށްފަ އެވެ. އެ ޕޮޓޯގައި ފެންނަނީ ވިރާޓް ކޯލީ އޭނާގެ މަންމައަށް ކައްކަން އެހީވާ މަންޒަރެވެ.
އެ ޕޮޓޯ ހިއްސާކުރަމުން އުރްވަށީ ބުނެފައި ވަނީ އޭނާ މަންމަ އެބުނަނީ ކީކޭކަން ދޭހަކޮށްދޭން ބެލުންތެރިންގެ ކައިރީގައި އެދުމަށެވެ.
އުރްވަށީގެ ފޭންސުން އެއަށް ކޮމެންޓު ކުރަމުން ގެންދަނިކޮށް އޭނާ ވަނީ މަންމަ އެ ފޮޓޯގެ ފަހަތުގައިވާ މާނަ ބުނެފައިވާ ކަމަށް ހާމަކޮށްފަ އެވެ.
އެގޮތުން އޭނާ މަންމަ އެބުނަނީ އޭނާ ކައްކަން ދަސްކުރުމަށް ކަމަށް އުރްވަށީ ހާމަކުރި އެވެ. އަދި އެނާ މަންމައަށް ވިރާޓް ވަރަށް ކަމުދާކަމަށް ވެސް އުރުވަށީ ހާމަކުރި އެވެ. އެހީމުން ގުޅެން އޭނާ މަންމަ ވަރަށް އޭދޭ ކަމަށާއި ނަމަވެސް ވިރާޓް މިހާރު އަނުޝްކާއާއި ކައިވެނިކޮށްފައިވާތީ އެކަންވާން ނެތަކަމަށް ވެސް އުރުވަޝީ ވަނީ ހާމަކޮށްފަ އެވެ.
އުރްވަށީ އިންޑިއާގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ އަދި ބަތަލާ އަނުޝްކާގެ ފިރިމީހާ ވިރާޓްއަށް ސަޕޯޓްކުރާ ކަމަކީ އެއްމެންނަށްވެސް ފެންނަން އޮތް ހަގީގަތެ ކެވެ.