ads
ރަންގަލި ރިސޯޓުގެ ކަނޑުއަޑީ ރެސްޓޯރަންޓްގައި ވަގުތު ހޭދަކުރަމުން އަންނަ ފަތުރުވެރިންކޮޅެއް---
ހާއްސަ ދެ އެވޯޑެއް ރާއްޖެއަށް!
މޮސްކޯ އިންޓަނޭޝަނަލް ޓްރެވަލް އެންޑް ޓޫރިޒަމް އިން ބޭއްވި އެކްޒިބިޝަނެއްގައި ހާއްސަ ދެ އެވޯޑެއް ރާއްޖެއަށް ލިބިއްޖެ އެވެ. މި އެކްޒިބިޝަން ބާއްވާފައި ވަނީ މިމަހުގެ މިމަހު 16 އިން 18 އަށެވެ.

މި އެކްޒިބިޝަނުގައި ރާއްޖެއަށް ލިބިފައި ވަނީ "ބެސްޓް އައިލެންޑް ޕްރެޒެންޓޭޝަން އެވޯޑް" އާއި ބްރައިޓް އެކްޒިބިޝަން އެވޯޑް" އެވެ. ވޯލްޑްސް ލީޑިން ޑެސްޓިނޭޝަން އެވޯޑް ރާއްޖެއަށް ލިބުނު މިއީ ފުރަތަމަ އަހަރެވެ.

ރާއްޖެއަށް މި އެވޯޑް ލިބިފައިވަނީ ރާއްޖެ ތަމްސީލު ކުރުމަށް ހުށަހަޅާފައިވާ ޕްރެޒެންޓޭޝަނުގެ ފުރިހަމަ ކަމާއި، މުޅި ފެއާގައި ރާއްޖެ ކުރިއެރުވުމަށް ކޮށްފައިވާ މަސައްކަތަށް ބަލާފައެވެ.

މިކަމާ ގުޅިގެން ވިޒިޓް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓާ ތޮއްޔިބް މުހައްމަދު ވިދާޅުވެފައި ވަނީ، މި ދެ އެވޯޑު ލިބުން ވަރަށް ހިތްހަމަ ޖެހޭ ކަމަށާއި މި އިވެންޓަކީ ފަހަކަށް އައިސް ބޭއްވުނު އެންމެ ފުރަތަމަ އޮފްލައިން އިވެންޓު ކަމުގައެވެ. އަދި މިއީ ރަޝިޔާއާއި ސީއައިއެސްގައި ދިވެހިރާއްޖެ ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތަށް ލިބުނު ވަރަށްވެސް ބޮޑު ހިތްވަރެއް ކަމަށާއި މި އެވޯޑަކީ ފަތުރުވެރިންގެ މަންޒިލެއްގެ ގޮތުގައި ދިވެހިރާއްޖެއަށް ރަޝިޔާއިން ކުރާ އިތުބާރުގެ ހެއްކެއްކަމުގައި އޭނާ ވިދާޅުވިއެވެ.

މި އެކްޒިބިޝަނުގައި ރާއްޖޭގެ ތަފާތު ރީތިމާހައުލުތައް ދައްކުވައިދީފައި ވާއިރު، 360 ޑިގްރީ ވިޝަންގެ ވީޑިއޯތައް ބަލާލުމުގެ ފުރުސަތުވެސް ބެލުންތެރިންނަށް ވަނީ ލިބިފައެވެ.

އެމްއައިޓީޓީ އަކީ ރަޝިޔާގެ އެންމެ ބޮޑު ބީޓޫބީ ޓުރިޒަމް އެކްޒިބިޝަން ކަމުގައި ވާއިރު، ދުނިޔޭގެ ގިނަ ހިސާބުތަކުން މި އެކްޒިބިޝަނުގައި ބައިވެރިވެފައި ވާކަން ފާހަގަ ކުރެވެއެވެ. އެގޮތުން ޖުމްލަ 1533 ބައިވެރިންނާއެކު މި އެކްޒިބިނަގުއި 15 ގައުމަކާއި ރަޝިޔާގެ 52 ރީޖަނަކުން ވަނީ ބައިވެރި ވެފައެވެ.

ރަޝިޔާއަކީ ދިވެހިރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ އެއް ގައުމަށް ވާއިރު، ރާއްޖެއާއި ރަޝިޔާއާއި ދޭތެރޭގައި ދަތުރު ކުރާ ހަތަރު ފްލައިޓް އޮތްކަން ފާހަގަ ކުރެވެއެވެ.

މިހާތަނަށް ރަޝިޔާއިން ރާއްޖެ އައިސްފައިވަނީ 40,698 ފަތުރުވެރިންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް