ads
އައްޑޫ ފްލައިން ސްކޫލުގެ ޖެނަރަލް މެނޭޖަރު މުހައްމަދު ފަޒީލް ރަޝީދް އަދި އައްޑޫ ޕްލައިން ސްކޫލް
ޖީއެމްއާ ބައްދަލު ކުރުމުގެ ފުރުސަތު ފްލައިން ސްކޫލް ދަރިވަރުންނަށް ހުޅުވާލައިފި
އައްޑޫ ސިޓީ ގަމުގައި އޭޝިއަން އެކަޑަމީ އޮފް އެއިރޯނޮޓިކްސް އިން ހިންގަމުން އަންނަ ފްލައިން ސްކޫލުގެ ޖެނަރަލް މެނޭޖަރު މުހައްމަދު ފަޒީލް ރަޝީދުއާ ދަރިވަރުން ބައްދަލު ކުރުމުގެ ފުރުސަތު މިއަދު ހުޅުވާލާފައިވާ ކަމަށް ޖީއެމް ވިދާޅުވެއްޖެ އެވެ.

ރޭގެ ވަގުތެއްގައި ދަރިވަރުނާއި ބައްދަލުކުރުމަށް ސިވިލް އޭވިއޭޝަނުން ޕްލޭންކުރި ނަމަވެސް ދަރިވަރުން ބޮއިކޮޓް ކޮށްފައިވާކަމަށް ފްލައިން ސްކޫލްގެ ދަރިވަރުންގެ ޔޫނިއަނުން ބުނެ އެވެ. އެ ބައްދަލުވުމަށް ދަރިވަރުން ނުދިޔައީ ސްކޫލުން ރަސްމީކޮށް ޖެނެރަލް މެނޭޖަރެއް ހަމަޖައްސާފައިވާކަން އަންގާފައި ނުވާތީ އާއި ދަރިވަރުންނާއި ގުޅޭގޮތުން ކަނޑައެޅިގެން ހަގީގަތާއި ހިލާފު ވާހަކަދައްކާފައިވާ ފަރާތަކާ ބައްދަލުކުރަން ދަރިވަރުން ބޭނުން ނުވާތީ ކަމަށް އެ ޔޫނިއަނުން ބުނެ އެވެ.

ފްލައިން ސްކޫލުގެ ޖީއެމް މުހައްމަދު ފަޒީލް ސީއެންއެމްއަށް ވިދާޅުވީ ރޭގެ ބައްދަލުވުމަކީ އެބޭފުޅާ ބޭއްވި ބައްދަލުވުމެއް ނޫން ކަމަށެވެ. އަދި އެ ބައްދަލުވުމަށްް ވަޑައިގަތުމަށް އެދި ސިވިލް އޭވިއޭޝަނުން ފަޒީލްއަށް ކޮށްފައިވާ މެއިލް އޭނާ ވަނީ ސީއެންއެމްއާ ހިއްސާކުރައްވާފަ އެވެ.

ފަޒީވް ވިދާޅުވީ ދަރިވަރުންނާ ބައްދަލުކުރުމަށް ބައެއް ދަރިވަރުން އެދެމުންދާތީ މިއަދު އޮންނާނީ ސްކޫލް އިން ދަރިވަރުންނަށް އެކަން އަންގާފައި ކަމަށެވ.

ފްލައިން ސްކޫލްގެ ޖެނެރަލް މެނޭޖަރު އައްޑޫ އަށް މިދިޔަ ބުރާސްފަތި ދުވަހު ވަޑައިގަންނަވާފައިވާއިރު މިމަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް ކުދިންނަށް ޖީއެމްއާ ބައްދަލު ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ވެސް ފަޒީލް ވިދާޅުވި އެވެ.

އަދި ސްކޫލަށް ދިމާވެގެން އުޅޭ ކަންކަން ހައްލު ކުރުމަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާ އެކީ މަސައްކަތްތަކެއް ދަނީ ކުރަމުން ކަމަށާއި އެގޮތުން މިހާރުވެސް 25،000 ޑޮލަރުގެ ސުޕެއާޕާޓް އަށްވެސް ވަނީ އޯޑަރު ދީފައި ކަމަށް ޖީއެމް ވިދާޅުވި އެވެ. ކުރިޔަށް ހުރި ސުޕެއާތަކަށް ވެސް މި ހަފްތާތެ ރޭގައި އޯޑަރު ކުރެވިގެން ދާނެ ކަމަށް ވެސް ފަޒީލް ވިދާޅުވި އެވެ.   

މިހާރު ފްލައިން ސްކޫލުގައި އޮތް އެއާކުރާފްޓް މެދުވެރިކޮށް ދަރިވަރުންގެ ފްލައިންދަނީ ކުރިއަށް ކަމަށް ވެސް ޖީއެމް ފާހަގަކުރެއްވި އެވެ. ނަމަވެސް ދަރިވަރުން ބޭނުންވާ ވަރަށް ފްލައިން ނުގެންދެވޭތީ އެކުދިން ގެ ހިތްހަމަ ނުޖެހުން ހުންނާނެ ކަމަށް ދެކޭ ކަމަށް ވެސް ފަޒީލް ވިދާޅުވި އެވެ.

2001 ވަނަ އަހަރު ތަސްދީގުކުރެވުނު ރާއްޖޭގެ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ގާނޫނުގެ 2/2012 ދަށުން، 2014 ވަނަ އަހަރުން ފެށިގެން ރަޖިސްޓްރީކޮށް ހިންގަމުން އަންނަ އައްޑޫ ފްލައިން ސްކޫލުގެ އެކި މައްސަލަތައް ފަހަކަށް އައިސް ވަނީ ފެންމަތިވެފައެވެ. މީގެ ތެރޭ އެ ސްކޫލުގައި ކިޔަވަމުން އަންނަ ދަރިވަރުންގެ ކިޔެވުން ނުނިމި ދިގުލާ މައްސަލައާއި، ބައެއް ދަރިވަރުން ކޯހުން ވަކި ކުރުމަށް ނޯޓިސް ދިނުމުގެ ބައެއް މައްސަލަތައް ފާހަގަ ކުރެވެއެވެ.

ފްލައިން ސްކޫލްގެ ގާތްގަނޑަކަށް 60 ޕަސެންޓު ކުދިންނަކީ ލޯނުން ނަގައިގެން ކިޔަވާ ކުދިން ކަމަށް ވެއެވެ. އެ ކުދިންނަށް ހުރުމާއި ކެއުމުގެ ހަރަދު ލިބިފައި ވަނީ ސްކޫލަށް ވަންނައިރު ހަވާލުކުރެވޭ ޕްލޭސްމެންޓްގައިވާ މުއްދަތަށް ކަމަށް ވާތީ، ކޯސް ނުނިމި ގިނަ ދުވަސް ވުމުގެ ސަބަބުން ދަރިވަރުންގެ ލޯނު އެއްކޮށް ހުސްވެ ބައެއް ދަރިވަރުން ވަނީ ކޯސް މެދުކަނޑާލަން ވެސް ޖެހިފަ އެވެ.

ބާރަ މަސް އަދި 18 މަހުން ކޯސް ނިމޭނެ ކަމަށް ދަރިވަރުންނަށް އެންގި ނަމަވެސް އެވްރެޖް ގޮތެއްގައި ސްކޫލުން ކޯސް ނިންމާލެވެނީ ތިން އަހަރު ނުވަތަ އެއަށްވުރެ ގިނަ ދުވަހުން ކަމަށް ދަރިވަރުން ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް