ޖުޑިޝަރީގެ އުމްރާނީ ތަރައްގީއަށް ކުރަމުންދާ މަސައްކަތުގެ ދަށުން ދ. ބަނޑިދޫގައި އިމާރާތްކުރި އާ ކޯޓު ހުޅުވައިދެއްވީ އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާންއެވެ.
ކޯޓު ހުޅުއްވައިދެއްވުމަށް ފަހު އުއްތަމަ ފަނޑިޔާރު ދެއްކެވި ވާހަކަފުޅުގައި، ފަނޑިޔާރުކަން ކުރުމުގައި އަދުލުވެރިވުމުގެ އިހްސާންތެރިކަން އިސްކުރުމަށް ފަނޑިޔާރުންނަށް އޮންނަ ވާޖިބާއި ޒަމާނަށް އަންނަ ބަދަލުތަކާއެކު ޝަރުއީ ދާއިރާއަށް ގެންނަން ޖެހޭ ބަދަލުތަކުގެ ވާހަކަ ފާހަގަ ކުރެއްވި އެވެ.
ބަނޑިދޫ ކޯޓު ހުޅުވުމަށް އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި އުއްތަމަ ފަނޑިޔާރުގެ އަރިހުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު އަދި ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ އައިޝަތު ރިޒްނާއާއި ޖޭއެސްސީގެ ސެކެއްޓްރީ ޖެނެރަލްވެސް ބައިވެރިވެވަޑައިގެންނެވި އެވެ.