ads
ފޮޓޯ: ދި ޑެއިލީ
މިހާރު ފެންނަނީ ކުރު ދޮށިން މަސްބާނާހެން ރައްޔިތުން ޖޫރިމަނާ ކުރާތަން: ޢައްސާން
މިހާރު ފެންނަނީ ދަހިވެ، ކަވާފައި އޮތް އައިނުން ކުރު ދޮށިން މަސްބާނާހެން ރައްޔިތުން އަތުން ޖޫރިމަނާ އަތުލާތަން ކަމަށް ރައްޔިތުން މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެމްބަރު ޢައްސާން މައުމޫނު ވިދާޅުވެއްޖެ އެވެ.
Advertisement

ވިލިމާލެ ކައުންސިލަށް ވާދަކުރައްވާ ޕީޕީއެމްގެ ކެންޑިޑޭޓް ނަހުލާ އަލީގެ ކެމްޕެއިން ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަަކަދައްކަވަމުން ޢައްސާން ވިދާޅުވީ، ޕާކު ކުރާނެ ތަނެއް ނުދައްކާ ރައްޔިތުންގެ އަތުން ޖޫރިމަނާއެއް އަތު ނުލައްވާނެ ވާހަކަވެސް މި ސަރުކާރުން ބުނެފައިވާ ކަމަށެވެ. އެހެންނަމަވެސް މިހާރު ފެންނަނީ ދަހިވެ، ކަވާފައި އޮތް އައިނަށް ކުރު ދޮށިން މަސްބާނާހެން ރައްޔިތުން އަތުން ޖޫރިމަނާ އަތުލާތަން ކަމަށް ޢައްސާން ވިދާޅުވިއެވެ. 

ދިވެހިރާއްޖޭގެ މުސްތަގުބަލަށްޓަކައި އަންނަންއޮތް ޖީލުތަކުގެ ހިމާޔަތުގައި ލޯން ނަންގަވައިގެން އެއްވެސް ކަހަލަ  އިގްތިސާދީ މަޝްރޫއުއެއްވެސް ކުރިއަށް ނުގެންދަވާނެ ކަމަށް މި ސަރުކާރުން ވައުދު ވީނަމަވެސް، މި ދެއަހަރު ދުވަހަކީ ރާއްޖޭގެ ތާރީހުގައި ދެއަހަރެއްގެ ތެރޭގައި ދައުލަތުގެ ދަރަނި އެންމެ ބޮޑުވި ދެއަހަރު ކަމަށް ޢައްސާން ވިދާޅުވި އެވެ. އެކަން މިފަހަރު ފާސްކުރި ރައްޔިތުންގެ މަޖިލީހުގެ ބަޖެޓުގެ ޑެފެސިޓުންވެސް ދައްކައިދޭނެ ކަމަށް ޢައްސާން ވިދާޅުވި އެވެ.

"ގެނެވުނު އުމްރާނީ ތަރައްގީއެއް އަޅުގަނޑުމެނަކަށް ނުފެނޭ. މިއަދުވެސް މިރަށަށްވެސް މިއައީ ފެރީގަ. ކަނޑައެއް ޖަހާލާތަނެއް ބޮޑެތި މަޝްރޫއުތަކުގެ އަދިއެއް ކުލަވަރެއް ނުފެނޭ. އެމްޑީޕީއިން އަބަދުވެސް ވެރިކަމަށް އަންނަނީ ދިވެހި ރައްޔިތުންގެ އުންމީދުތަކާއި ކުޅެގެން ރައްޔިތުންގެ އިހްސާސްތަކާއި ކުޅެގެން ނުފުއްދޭ ވަރުގެ ވައުދުތަށް ވެގެން. " ޢައްސާން ވިދާޅުވިއެވެ.

ވެރިކަމަށް އައުމަށްފަހު ދެން ފެންނަނީ އެހެން ދިމާލަކަށް ގައުމު ގެންދިޔުމަށް މަސައްކަތް ކުރާތަން ކަމަށް ޢައްސާން ވިދާޅުވިއެވެ. މި ސަރުކާރުގެ ކޮރަޕްޝަންގެ ހާލަތުވެސް ވަނީ އިންތިހާއަށް ގޮސްފައިކަން ފާހަގަކުރަމުން ޢައްސާން ވިދާޅުވީ، ބޭރުން ލިބުނު އެހީތަކުގެ ތަފްސީލެއްވެސް ހާމަކޮށްފައި ނުވާކަމަށެވެ. 

33%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް