ޖޯން ބުނީ އޭނާ އަކީ އޭނާ ކާ ކޮންމެ ފަހަރު އަދި ފާހަނަ އަށް ދާ ކޮންމެ ފަހަރަކު ސޯޝަލް މީޑިއާގައި އެ ވާހަކަ ހިއްސާ ކުރާ މީހެއް ނޫން ކަމަށެވެ.
ޖޯން އަކީ ވަރަށް މަދުން ނޫނީ ސޯޝަލް މީޑިއާ އިން ފެންނަ ތަރިއެއް ނޫނެވެ.
ޖޯން ބުނީ ސޯޝަލް މީޑިއާ އަކީ ބާރުގަދަ އަދި ވަރަށް މުހިއްމު ވަސީލަތަކެވެ. ނަމަވެސް ޒާތީ އެއްވެސް ފޮޓޯއެއް ސޯޝަލް މީޑިއާގައި އޭނާ ހިއްސާ ކުރަން ބޭނުން ނުވާ ކަމަށް ޖޯން ބުނެއެވެ. އަދި މީހުން ކުރާ ކޮމެންޓްތައްވެސް އޭނާ ނުކިޔާކަމަށް ޖޯން ބުނެއެވެ.
ޖޯން އާއި އިމްރާން ހާޝްމީ އެކީގައި ފެނިގެންދިޔަ މަމްބައި ސަގާ ސިނަމާ އަށް ނެރުނީ މިމަހުގެ 19 ވަނަ ދިވަހުއެވެ.