ads
ފޮޓޯ: ފިޔަވަތި
ފިޔަވަތިން ޖުމުލަ 11 މީހަކު ޕޮޒިޓިވްވެއްޖެ
ހަ ކުޑަކުއްޖަކު ހިމެނޭ ގޮތަށް ޖުމުލަ 11 ފަރާތެއް ފިޔަވަތިން ކޮވިޑް 19 އަށް ޕޮޒިޓިވްވެއްޖެ ކަމަށް އެޗްއީއޯސީން ބުނެފިއެވެ.

އެޗްއީއޯސީގެ ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޗްޕީއޭގެ ޑިރެކްޓަރު އަހުމަދު ނާސިރު ވިދާޅުވީ، ފިޔަވަތިން ޖުމުލަ 11 ފަރާތެއް ޕޮޒިޓިވްވެފައި ވާކަމަށެވެ.

އެއީ ފަސް މުވައްޒަފަކާއި ހަ ކުޑަކުއްޖެއް ކަމަށް ނާސިރު ވިދާޅުވިއެވެ. އަދި މިހާރު ކޮންޓެކްޓް ޓްރޭސިންއިން 20 މީހަކު ފާހަގަ ކުރެވިފައިވާ ކަމަށާއި، އެމީހުންގެ ސާމްޕަލް ނެގުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ނާސިރު ވިދާޅުވިއެވެ.

ނާސިރު ވިދާޅުވީ، ފިޔަވަތިން ފުރަތަމަ ކޭސް ފެނިފައިވަނީ ބުރާސްފަތި ދުވަހު ކަމަށެވެ. 

ހުޅުމާލޭގައި ހުންނަ ފިޔަވައްޗަކީ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުޑަކުދިން ބަލަހައްޓަމުން އަންނަ މަރުކަޒެކެވެ. މިދިޔަ އަހަރުވެސް ފިޔަވަތިން ކޮވިޑްގެ ކްލަސްޓާއެއް ފާހަގަ ކުރެވިފައިވެއެވެ. އެގޮތުން އެފަހަރު ފިޔަވަތީގައި އުޅޭ ކުޑަކުދިންނާއި މުވައްޒަފުންނާއި ހިމެނޭ ގޮތަށް 40 އާއި ގާތް ކުރާ އަދަދަކަށް މީހުން ޕޮޒިޓިވްވެފައި ވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް