އިންޑިއާގެ މަޝްހޫރު ބެޑްމިންޓަން ކުޅުންތެރިޔާ ސައިނާ ނެހްވާލްގެ ހަޔާތުގެ މައްޗަށް ނެރޭ ފިލްމުގައި ސައިނާގެ ރޯލުގައި މަސައްކަތްކުރަން ބަތަލާ ޕަރިނީތީ ޗޯޕްރާ ފެށި ނަމަވެސް ސައިނާއާ ގުޅޭ ހޯދުންތައް ހޯދުމުގައި އޭނާ އަދިވެސް އުޅެމުން އަންނަނީ ވަރަށް އަވަދިނެތި އެވެ.

Advertisement

އެ ރޯލުން އެންމެ ފުރިހަމައަށް ސައިނާގެ ރޯލު ދައްކުވައިިދޭން އޭނާ ނުކުރާކަށް މަސައްކަތެއް ނެތެވެ. ސައިނާއާއެކު ބެޑްމިންޓަން ކުޅޭނެ ގޮތް ދަސްކުރުމުގެ އިތުރަށް ވެސް އޭނާގެ ހަޔާތާ ގުޅޭ ގިނަ ކަންކަން ޕަރިނިތީ އަންނަނީ ދަސްކުރަމުންނެވެ.
ސައިނާ ދިރިއުޅޭ ހައިދަރުއާބާދަށް ދިއުމަށް ފްލައިޓު މަތީގައި އިން ވަގުތުވެސް ޕަރިނީތީ ދިޔައީ އެ މަސައްކަތް ކުރަމުންނެވެ. އެގޮތުން އޭނާއާ ކުރާނެ 100 ސުވާލު އޭނާ ވަނީ ފޮތެއްގައި ލިޔެފަ އެވެ. އެކަން ޕަރިނިތީ ވަނީ އިންސްޓަގްރާމު މެދުވެރިކޮށް ހިއްސާކޮށްފަ އެވެ.
ފުރަތަމަ ސައިނާގެ ރޯލަށް ނެގީ ޝްރައްދާ ކަޕޫރު ނަމަވެސް އޭނާ މާބޮޑަށް ބިޒީވެ ފިލްމުގައި މަސައްކަތް ކުރަން ވަގުތު ނުދެވުމުން ވަނީ ފިލްމު ދޫކޮށްލާފަ އެވެ. އެގޮތުން ފިލްމު ދޫކޮށްލިއިރު އޭނާ ވަނީ ސައިނާގެ ގާތުން ބެޑްމިންޓަން ކުޅެން ވެސް ދަސްކޮށް ޓްރެއިނިންތަކެއް ވެސް ހަދާފަ އެވެ.
އުމުރުން 28 އަހަރުގެ ސައިނާ ވަނީ ބެޑްމިންޓަން ތަފާތު މުބާރާތްތަކުގައި ބައިވެރިވެ ބައިނަލް އަގްވާމީ 23 މުބާރާތެއް ކާމިޔާބުކޮށްފައެވެ. އޮލިމްޕިކްސް ގޭމްސްގައި ތިން ފަހަރު އިންޑިއާ ތަމްސީލުކޮށްފައިވާ ސައިނާއަށް ވަނީ އެމުބާރާތުގައި އޭނާ ބައިވެރިވި ދެވަނަ ފަހަރު ބްރޯންޑް މެޑަލްއެއް ވެސް ހޯދާފައެވެ. އެއާއެކު އޭނާ ވަނީ އޮލިމްޕިކްގައި ބައިވެރިވެ ބެޑްމިންޓަން އިން މެޑަލްއެއް ހޯދި ފުރަތަމަ އިންޑިއާގެ ބެޑްމިންޓަން ކުޅުންތެރިޔާއަށް ވެފައެވެ.