ads
މިނިސްޓަރު މަލީހް---
ޖަވާބު ނުދެވުނު، ކޮމެޓީން ނިންނީ މަލީހުގެ ވާހަކައިގެ އަސާސެއް ނެތްކަމަށް!
ރައްޔިތުންގެ މަޖިލީހުން މިނިސްޓަރުންނަށް ބިރު ދައްކައި، އިސްތިއުފާ ދޭން މަޖުބޫރު ކުރާކަމަށް ބުނެ ކުރީގެ ކޮމިއުނިކޭޝަންސް މިނިސްޓަރު މުހައްމަދު މަލީހުގެ ޖަމާލު ދެއްކެވި ވާހަކަތަކަކީ އެެއްވެސް އަސާސެއްގެ މައްޗަށް ބިނާ ނުކޮށް ދެއްކެވި ވާހަކަތަކެއް ކަމަށް ކަަނޑައަޅައި ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒު ކޮމެޓީން މަޖިލީހުގެ ރިޔާސަތުގައި އެދުމަށް ނިންމައިފިއެވެ.
Advertisement

މިއަދު އެ ކޮމެޓީގައި ކުރިއަށް ގެންދިޔަ  މައްސަލައަކީ މިިނިސްޓާ އޮފް ކޮމިއުނިކޭޝަންސް ސައިންސް އެންޑް ޓެކްނޮލޮޖީގެ މަގާމުގައި ހުންނެވިއިރު އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ވޯޓު ނެގި ދުވަހު، މަޖިލީހުގައި ވާހަކަ ދައްކަވަމުން، "ރައްޔިތުންގެ މަޖިލީހުން ކަނޑައެޅިގެން ވަޒީރުންނާއި ސަރުކާރަށް ބިރު ދައްކާކަމަށާއި، ތަކުރާރުކޮށް އެކި އެކި ވަޒީރުންނާ އެ ބޭފުޅުންގެ މަސްއޫލިއްޔަތު އަދާކުރުމަށް ހުރަސް އަޅާ ބިރުދައްކަމުން ދާ ކަމަށާއި، މިގޮތުން ކުރީގެ ޖެންޑާ އެންޑް ފެމިލީ އެންސް ސޯސަލް ސާވިސަސް ސިދާތާ ޝަރީފް އިސްތިއުފާ ދިނުމަށް މަޖުބޫރު ކުރި ކަމަށް،" މަލީހު ވިދާޅުވެފައި ވާތީ އެކަން ބައްލަވައިދިނުމަށް އެދި އެ ކޮމެޓީއަށް ހުށަހަޅާފައިވާ މައްސަލައެވެ. 

މި މައްސަލައިގައި މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު އެންމެ ފުރަތަމަ ހުށަހެޅުއްވީ މަލީހަށް ނަސޭހަތް ދީ ސިޓީއެއް ފޮނުވުމަށެވެ. 

ރައީ ވިދާޅުވީ މި މައްސަލަ ބެލުމަށް މަލީހު ކޮމެޓީއަށް ހާޒިރުވެ ވަޑައިގެން މަޖިލީހުގައި އެހެން ވިދާޅުވީ ދިފާއުވުމުގެ ގޮތުންކަމަށް ވިދާޅުވެފައިވާކަމަށެވެ. 

"އެންވީމަ އަޅުގަނޑު ދެކެނީ އެ ދުވަހު ދެއްކެވީ އަސްލެއް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް،" - ރާއީ-

މި މައްސަލައިގައި ރާއީ އަށް ތާއީދު ކުރެއްވީ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު ރަޝީދެވެ. 

އަހުމަދު ރަޝީދު ވިދާޅުވީ، މިނިސްޓަރު މަލީހު ވަޑައިގެން އުޅުއްވީ ޒުވާބު ކުރައްވަން ކަމަށެވެ. އެހެން ކަމުން ނަސޭހަތެއް ދޭން ފެންނަކަމަށެވެ. 

"މިނިސްޓަރެއް ވިއަސް ކޮންމެވެސް ސުލޫކެއް ހުނަންޖެހޭނެ. ޒުވާބު އުސޫލުން އެކަން ގެންދެވީމަ އަޅުގަނޑަށް ވެސް ފެންނަނީ ނަސޭހަތް ދޭން،" - މެމްބަރު އަހުމަދު ރަޝީދު

މި މައްސަލަ ބެލުމާ ދެކޮޅަށް ވެސް އެއް މެމްބަރަކު ވާހަކަ ދެއްކެވިއެވެ. އެގޮތުން މަޑުވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގައި މިނިސްޓަރެއްގެ މަގާމުގައި ހުންނެވިއިރު މަލީހު ދެއްކެވި ވާހަކަފުޅަކާ ގުޅިގެން ނަސޭހަތް ދޭން ރަނގަޅު ކަމަށެވެ. އެހެން ނަމަވެސް، މަލީހުއަކީ މިހާރު މިނިސްޓަރެއް ނޫންކަމުން ނަސޭހަތް ދޭން ނުފެންނަ ކަމަށް ވެސް އިދިކޮޅު ޕީއެންސީއަށް ނިސްބަތްވާ މެމްބަރު އާދަމް ޝަރީފް ވިދާޅުވިއެވެ. 

މި މައްސަލައިގައި އެންމެފަހުން މެމްބަރު އަހުމަދު ރަޝީދެ ހުށަހެޅުއްވީ، މާރިޗު 1 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ވަޑައިގެން މަލީހު ކުރެއްވި ތުހުމަތުތަކާއި ގުޅިގެން ޖަވާބުދާރީނުވާތީ މަލީހު އެ ދުުވަހު ކުރެއްވި ތުހުމަތުތަކަކީ އެއްވެސް އައްސްލެއް ނެތް އެއްޗެއްކަމަށް ނިންމުމަށެވެ. 

މި މައްސަލައިގައި ކޮމެޓީގެ އިއްތިފާގުން ނިންމީ މަލީހުގެ ތުހުމަތު ތަކަކީ އެއްވެސް އަސްލެއްގެ ނެތް ނިންމުމެއްކަމަށް ކަނަޑައަޅައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ރައީސްއަށް ސިޓީއެއް ފޮނުވުމަށެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް