ads
ސިނަމާލެ ބްރިޖުގެ މެއިންޓެނެސްއާ ގުޅޭ ތަމްރީނަކަށް ވުޒާރާގެ ޓީމް ޗައިނާއަށް ފުރުމުގެ ކުރިން ޗައިނާ ސަފީރާ ބައްދަލުކުރައްވަނީ.
ސިނަމާލެ ބްރިޖުގެ މެއިންޓެނެސްއާ ގުޅޭ ތަމްރީނަކަށް ވުޒާރާގެ ޓީމެއް ޗައިނާއަށް
ސިނަމާލެ ބުރިޖު ބެލެހެއްޓުމާއި މަރާމާތު ކުރުމަށް ދިވެހިން ތަމްރީން ކުރުމުގެ ޕްރޮގްރާމަކަށް ހައުސިން މިނިސްޓްރީގެ ޓީމެއް ޗައިނާއަށް ފުރުމަށް ހަމަޖެހިއްޖެ އެވެ.
Advertisement

މި ތަމްރީނު ޕްރޮގްރާމަށް ވުޒާރާގެ ޓީމު ޗައިނާ އަށް ފުރާނީ މާދަމާއެވެ. މިފަހަރު ކުރިއަށްގެންދާ ޕްރޮގްރާމަކީ، މާދަމާއިން ފެށިގެން މި މަހުގެ 26 އަށް ޗައިނާގައި ކުރިއަށްގެންދާ 10 ދުވަހުގެ ޓްރެއިނިން ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގައި ފަސް މީހުން ހިމެނޭ ޓީމެއް ބައިވެރި ވެއެވެ.

ބްރިޖް މަރާމާތުކޮށް ބެލެހެއްޓުމާ ގުޅޭގޮތުން ޗައިނާގައި ބޭއްވުމަށް ހަމަޖެހިފައިވާ ތަމްރީނު ޕްރޮގްރާމަށް ފުރުމުގެ ކުރިން ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޒިއަންހުއާ ވަނީ، ވުޒާރާގެ ޓެކްނިކަލް ޓީމާ ބައްދަލުކުރައްވާފަ އެވެ.

ސިނަމާލެ ބުރިޖުގެ މެއިންޓަނަންސް މަސައްކަތް މިހާރު ކުރަނީ އެ މަޝްރޫއުގެ ކޮންޓްރެކްޓާ ސީސީސީސީ ސެކަންޑް ހާބަ އިންޖިނިއަރިން ކުންފުނިންނެވެ.

އެ ގޮތުން މިދިޔަ ހަފުތާގައި ދެ ބޯޓެއް ސިނަމާލެ ބުރިޖުގައި ޖެހި ހިނގި ހާދިސާގައި ބުރިޖަށް ގެއްލުމެއް ލިބުނުތޯ ބެލީ ބުރިޖުގެ ކޮންޓްރެކްޓާ އެވެ. ދެ ބޯޓު ޖެހި ހިނގި ހާދިސާގައި ބުރިޖުގެ ސްޓްރަކްޗަރަށް ގެއްލުމެއް ނުވާ ކަމަށާއި އެޅިފައިވަނީ ކޫރުންތަކެއް ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ސިނަމާލެ ބްރިޖަކީ ޗައިނާ ސަރުކާރުގެ ބޮޑު އެހީއެއް ލިބިގެން ރާއްޖޭގައި ހިންގި އެ ފެންވަރުގެ ފުރަތަމަ، އުމްރާނީ ތަރައްގީގެ އެންމެ ބިޔަ މަޝްރޫއު ވެސް މެ އެވެ. ގާތްގަނޑަކަށް 200 މިލިއަން ޑޮލަރު އެ ބްރިޖަކަށް ހަރަދުވި އިރު، އޭގެ ތެރެއިން 116 މިލިއަން ޑޮލަރަކީ ޗައިނާގެ ހިލޭ އެހީ އެވެ. ލޯނެއްގެ ގޮތުގައި 72 މިލިއަން ޑޮލަރު ދިން އިރު، ދިވެހި ސަރުކާރުން އެ މަޝްރޫއަށް 12 މިލިއަން ޑޮލަރު ހަރަދުކޮށްފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;