ads
ޕަރީނިތީ--
ނިކަމެތި ކުއްޖެއްގެ ހާލަތު އެނގި ޕަރީނިތީއަށް ރޮއެ ރޮއެ ހަލާކުވެއްޖެ
ޑާންސް ދިވާނާ ޝޯއަށް ޕަރީނިތީ ޗޯޕްރާ ދިޔައީ އޭނާގެ ކުރިއަށް އޮތް ފިލްމު ޕްރޮމޯޓްކުރުމަށެވެ. އެކަމަކު ޝޯގެ ތެރެއިން އޭނާގެ ހިތްފަޅައިގެންދާ ވާހަކަތަކެއް އިވި ވަނީ ރޯން ފަށާފަ އެވެ.
Advertisement

އަމާން ނަމަކަށް ކިޔާ ކުޑަ ކުއްޖެއްގެ ނެށުމަށް ފަހު އެންމެން ވެސް ވަނީ އެކުއްޖާގެ ނެށުމަށް ތައުރީފްކޮށްފަ އެވެ. އަދި އެކުއްޖާގެ ހާލަތު އެނގި ޕަރީނިތީއަށް ފެށުނީ ރޯށެވެ. 

އެގޮތުން ކުއްޖާ ވަނީ އޭނާ ސްކޫލަށްދާ ކަމަށާއި އެކަމަކު ލޮކްޑައުންއާ ހުރެ އޮންލައިން ކްލާސްތައް ފެށިފަހުން އޭގައި ބައިވެރިނުވެވޭ ކަމަށް ބުނެފަ އެވެ. އަދި އެގޮތަށް އެކަން ދިމާވަނީ އާއިލާގައި ސްމާޓް ފޯނެއް ގަންނާނެ ފައިސާ ނެތުމުންކަމަށް ބުނެފައިވެ އެވެ. 

ކުއްޖާ، އޭނާގެ ހާލަތު ކިޔައިދިނުމުން ޕަރީނިތީ ވަނީ ރޯން ފަށާފަ އެވެ. އަދި ރޮމުން ރޮމުން އިނދެގެން އެކުއްޖާއަށް ތައުރީފް ކުރިއެވެ. އެގޮތުން ދުނިޔޭގައި އެއްބަޔަކަށް ހުރިހާ އެެއްޗެއް ލިބޭއިރު އަނެއް ބަޔަކަށް އެކައްޗެއް ވެސް ނުލިބޭ ކަމަށާއި އެކަމަކު ނިކަމެތި ހާލުގައި އުޅޭ މީހުންނަކީ ވަރަށް ރަނގަޅު ބައެއް ކަމަށާއި އަދި އެންމެ ގިނައިން އެއްޗެހި ދަސްވަނީ ވެސް އެމީހުންގެ ކިބައިން ކަމަށް އޭނާ ބުންޏެވެ.

އަދި އެކުއްޖާ ބޭނުންވާ ހުރިހާ އެއްޗެއް އެކުއްޖާއަށް ލިބި އުފަލުގައި އުޅޭނެ ކަމަށް އުއްމީދުކުރާ ކަމަށް ބުންޏެވެ. 

ޝޯގެ ތެރެއިން ޖަޖެއް ކަމަށްވާ، ތުޝާރު ކާލިއާ ވަނީ އަމަންއަށް ސަޕްރައިޒެއްދީފަ އެވެ. އެގޮތުން ކިޔަވަން ފޮތްތަކާއި ޓެބްލެޓެއް ވެސް ވަނީ ހަދިޔާކޮށްފަ އެވެ. 

67%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް