ads
ޖިންސީ ގޯނާ
"ރޭޕުކުރާ މީހެއް ރަށުގައި އުޅޭތާ އެތައް ޒަމާނެއް ވެއްޖެ"
ރާއްޖޭގައި ޖިންސީ ގޯނާ އާއި ރޭޕް އަކީ ވަރަށް ގިނަ މީހުނަށް ދިމާވާ ކަމެކެވެ. ނަމަވެސް އެ އަނިޔާ ލިބުމަށް ފަހުގައި އެކަމަށްޓަކާ އިންސާފު ހޯދުމަށް ތެދުވާ މީހުންގެ އަދަދު ވަރަށް ދައްކަން ފާހަގަކުރެވެ އެވެ. ބައެއް މީހުން ރޭޕުގެ ޝިކާރަކަށް ވެއެއެވެ. އަނެއްބަޔަކު ކޮންމެވެސް ގޮތެއް މިންވަރުކުރައްވައިގެން ސަލާމަތްވެއެވެ.

އެގޮތުން މެދުރާއްޖެތެރޭ ރަށެއްގައި ރޭޕް ކޮށް، ޖިންސީ ގޯނާ ކޮށް، ޖިންސީ ފުރައްސާރަ ކުރާ އުމުރުން ދުވަސްވީ މީހަކު ރާއްޖޭގެ ރަށެއްގައި ޒަމާނުއްސުރެ އުޅެމުން އަންނަ ކަމަށް މައުލޫމާތު ލިބުނެވެ. 

މިހެންކަމުން އެރަށުގެ ބައެއް މީހުންނާއި ވާހަކަދައްކާލައި ހަބަރު ދަބަރު ބަލައިލީމެވެ.

އެމީހާ ވަނީ ރަށުގެ އުމުރުން 18 އަހަރު ނުފުރޭ ކުދިންގެ އިތުރުން ހުސްހަށި އަދި މީހުންނާއި އިދެގެން އުޅޭ މީހުންނާވެސް ޖިންސީ ގޯނާ އާއި ފުރައްސާރަކޮށް ރޭޕުކުރަން މަސައްކަތް ކޮށްފައެވެ. އަދި ބައެއް މީހުންނާއި ކުޑަކުދިން ވަނީ އެނާގެ ޝިކާރަކައަށް ވެފައެވެ. 

އެމީހާ  ރޭޕު ކުރަން މަސައްކަތް ކުރި މީހަކު ވަނީ އެނާއަށް ދިމާވި ގޮތް ހިއްސާކޮށްފައެވެ. 

އައިޝާ(އަސްލު ނަމެއް ނޫން) ކިޔާދިން ގޮތުގައި އެމީހާއަކީ އޭނާގެ ބައްޕަގެ ވަރަށް ގާތް ރަހުމަތްތެރިއެކެވެ. 

އެހެންކަމުން އެމީހާ ވަރަށް ގިނައިން އެ ގެއަށް އަންނަ ކަމަށް ވެސް ބުންޏެވެ. 

އައިޝާ ބުނީ އެމީހާއަކީ ރަށުގައި ޖިންސީ ގޯނާ ކުރާކަމާއި ރޭޕުކުރުން ފަދަކަންކަން ކުރާ މީހެއްކަމަށް އަޑުފެތުރިފައިވާ މީހަކަށް ވުމުން އަބަދުވެސް އެމީހާއާއި ދުރުދުރުން އުޅެމުން އަންނަކަމަށެވެ. 

ނަމަވެސް އެއްދުވަހަކު މީހަކު ގޭގައި ނޫޅޭ ގަޑިއެއްބަލާފައި އެމީހާ އޭނާއަށް ގޯނާކޮށް ރޭޕު ކުރަން މަސައްކަތްކުރި އެވެ. 

"ގޭގައި އެއްވެސް މީހެއް ނެތް އެވަގުތުގައި. އެމީހާ އައިސް ގަޔަށް ބޮލަށް އަރައިގަތީ." އެ އައިޝާ ކިޔައިދިނެވެ.

ނަސީބު ރަނގަޅުކަމުން އެވަގުތުގައި ގެޔަށް މީހަކު އައުމުން އަވަހަށް އެމިހާ އައިޝާ ދޫކޮށްލާފައި ދިޔައީ އެވެ. 

މައިންބަފައިން ކައިރީގައި ވަރަށް ހިތްވަރުކޮށްގެން އެވާހަކަ ކިޔައިދިނުމުން، ފުލުހުގައި މައްސަލަ ޖެއްސިއެވެ.  ނަމަވެސް ފުލުހުން އޭނާ ހައްޔަރު ކުރުމަށް ފަހު ދޫކޮށްލީ ކަމަށް ވެސް އައިޝާ ބުންޏެވެ. 

"އޭގެފަހުން އެމީހާގެ ގޯނާއެއް ނުކުރިއަސް އަބަދުވެސް ހުންނަނީ ހިތް ބިރުގަނެފަ،" އައިޝާ ކިޔައިދިނެވެ. 

މީގެ އިތުރުން ވެސް އެމީހާވަނީ ކުޑަ ފިރިހެން ކުދިންނަށް ވެސް ރޭޕުކޮށްފައި ކަމަށްވެސް އެ ރަށުތެރޭގައި އަޑު ފެތުރުނެވެ. 

އެމީހާ ރޭޕު ކުރުމާއި، ޖިންސީ ގޯނާ އަދި ފުރައްސާރަ ކުރާތާ ގިނަ އަހަރުތަކެއްވީ ނަމަވެސް އެމީހީއާ މެދުގައި އެއްވެސް މައުނަވީ ފިޔަވަޅެއް މިހާތަނަށް އަޅާފައި ނުވާ ކަމަށް ވެސް ވަނީ މައުލޫމާތު ލިބިފަ އެވެ.

"ރަށު މީހުން ވެސް ތިބެނީ ބިރުން. ފިޔަވަޅު ނާޅައި ރަށުތެރެއަށް ދޫކޮށްލާފައި ހުންނާތީ މުޅި ރަށުގެ އަމާންކަން އޮންނަނީ ގެއްލިފަ،"

އައިޝާ އަދި އެރަށުގެ ބައެއް މީހުން ތުހުމަތުކުރާގޮތުން، އޭނާ މައްސަލަތައް ކުރިއަށް ނުދަނީ އެނާއަކީ އެރަށުގައި މުއްސަނދި އާއިލާއަކަށް ނިސްބަތްވާ ނުފޫޒުގަދަ މީހަކަށް ވާތީއެވެ. 

75%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް