ads
ރ. އުނގޫފާރު
އުނގޫފާރު ކުލަސްޓާ: 6 މީހުން ޕޮޒިޓިވް
ރ. އުނގޫފާރުން ހަ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖަރު އިބްރާހިމް ޒަޔާން ވިދާޅުވީ ޕޮޒިޓިވްވެފައިވާ މީހުންގެ ތެރޭގައި ހައިރިސްކުގެ ތިން މީހުން ހިމެނޭ ކަމަށެވެ. އޭގެ ތެރޭގައި ދެ މަހުގެ ތުއްތު ކުއްޖެއްވެސް ހިމެނޭ ކަމަށް ޒަޔާން ވިދާޅުވި އެވެ.

އަދި މިހާތަނަށް އެރަށުން 500 އެއްހާ ސާމްޕަލް ވަނީ ނެގިފައި ކަމަށާއި އެރަށުގައި މީހުން ދިރިއުޅޭ 300 އެއްހާ ގޭގެ ތެރެއިން 51 ގެ ވަނީ މޮނީޓަރިންގެ ހާލަތުގައި ކަމަށް ވެސް ޒަޔާން ފާހަގަކޮށްލެއްވި އެވެ.

ކޮވިޑް-19 ގެ ކޭސްއެއް ފެނި ރ. އުނގޫފާރު ވެސް މޮނިޓަރިންއަށް ލާފައިވާއިރު އެރަށުން ޕޮޒިޓިވްވެފައިވަނީ އިއްޔެ ބަލީގެ އަލާމާތްތައް ހުރެގެން ޑޮކްޓަރަށް ދައްކަން ދިޔަ 52 އަހަރުގެ އަންހެނެކެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް