ads
ފިލްމީތަރި އަހުމަދު އާސިމް:
އޮރެންޖު ތުނބުޅިއެއްލާފައި ހުރި މީހަކު ފިލްމީތަރި އާސިމް އަށް ފުރައްސާރަކޮށްފި
އޮރެންޖު ތުނބުޅިއެއްލާފައި ހުރި މީހަކު ފިލްމީތަރި އަހުމަދު އާސިމް އަށް މިއަދު ފުރައްސާރަކޮށްފިކަމަށް އޭނާ ބުނެފިއެވެ.
Advertisement

އާސިމް ބުނީ އޭނާ އަށް ފުރައްސާރަކޮށް އޭނާއަށް ހުތުރުއެއްޗެހި ކިޔަން ފެށީ މާލޭ މަގުމަތިން މިއަދު ހަވީރު ކަމަށެވެ. 

"އަޅުގަނޑު ދިޔައީ ގާލްފްރެންޑް ގެއަށް ކާން. ދަނިކޮށް ކުއްލިއަކަށް އޮރެންޖު ތުނބުޅިއަކާ ޖުއްބާއެއް ލާފަހުރި މީހަކު އަޅުގަނޑާ ދިމާލަށް ހުތުރު އެއްޗެހި ކިޔަމުން އަޅުގަނޑު ފަހަތުން އައީ. ގަޔަށް އަތްލާން އުޅުމުން އަޅުގަނޑު ފޯނު ނެގާ ވީޑިއޯ ކުރަން ފެށީ. ފޯނު ނެގީމަ އޭނާ ދެން އޮޅުވާލާފަ ފޯނެއްގަ ހުންނަކަމަށް ހެދީ،" އާސިމް ކިޔައި ދިނެވެ.

އޭނާ ބުނީ އެ މައްސަލަ މިހާރު ފުލުހުގައިވެސް ޖައްސާފައިވާކަމަށެވެ. 

"އެއީ އަޅުގަނޑު ނުވެސް ދަންނަ މީހެއް. އޭނާ ކުއްލިއަކަށް އައިސް ދިމާކުރީ. އަޅުގަނޑު ފޮޓޯނަގާ ވީޑިއޯ ވެސް ދެއްކިން. ބައެއް މީހުން ބުނި އެއީ ކުރިން މަޝްހޫރު ގުރުޣާން ކުލާހެއް ހިންގަން އުޅުނު ފައުޒީ ކިޔާމީހެކޭ ވެސް،" އާސިމް

އޭނާ ކުރި ވީޑިއޯ ވެސް އޭނާ ވަނީ ސީއެންއެމްއާއި ހިއްސާކޮށްފައެވެ. 

އާސިމް އެންމެފަހުން ފެނިގެން ދިޔައީ ބައިސްކޯފުން ނެރުނު "ގަމިނި" ސީރީސްގައި ސިރާޖުގެ ރޯލުންނެވެ. 

your imageއާސިމް އަށް ފުރައްސާރަކުރިކަމަށް ތުހުމަތުކުރާ މީހާ: ވީޑިއޯގެ ސްކްރީން ޝޮޓެއް 

28%
ކަމުގޮސްފި
42%
އަޑުއެހިތާ މިހުރީ
11%
ސަތޭކައަކުން ސުމެއް
19%
ވަރަށް ސަލާމް
ކޮމެންޓްސް