
ބޯޓު އެގޮތަށް ތާށިވީ ވައިގަދަވެގެންކަމަށް ބޯޓު އޮޕަރޭޓުކުރާ ކުންފުނިން ވަނީ ބުނެފައެވެ.
ތާށިވި ބޯޓުގެ ދިގު މިނުގައި، 400 މީޓަރު ހުރެއެވެ. 20،000 (ވިހި ހާސް) ކޮންޓެއިނަރު އެ ބޯޓުގައި އުފުލެއެވެ.
ބޯޓު ތާށިވުމުން ސުއޭޒް ކެނަލް އެއްގޮތަކަށް ވެސް މިހާރު ބޭނުމެއް ނުކުރެވެއެވެ. އަދި ދުނިޔޭގައި އާގުބޯޓުގައި މުދާ އުފުލާ ފަރާތްތަކަށް ވަނީ ބޮޑެތި ދަތިތަކަކާ ކުރިމަތިވެފައެވެ.
ބޯޓު ތާށިވީފަހުން އާގު ބޯޓު ބޭނުންކޮށްގެން މުދާ އުފުލުމަށް 30 ޕަސަންޓުގެ މަޑުޖެހުމެއް ވަނީ އައިސްފައެވެ. ގިނަ ބޯޓުތަކަކަށް ވަނީ ދިގު މަގެއް ބޭނުންކުރަން ނުވަތަ ސުއޭޒް ކެނަލް ހުޅުވެންދެން މަޑުކުރުމެވެ.
މި ހާލަތުގައި ގިނަބައެއްގެ ލޯތައް އަމާޒުވީ އެ ބިޔަ ބޯޓު ފުންކުރުމަށް މަސައްކަތްކުރި ކުޑަ ކުޑަ އެކްސްކަވޭޓަރަކާއި ދިމާލަށެވެ.
ބައެއް މީހުން ހީކުރީ ބޯޓު ފުންކުރުމަށް މަަސައްކަތްކުރަނީ އެ ކުޑަކުޑަ އެކްސްކަވޭޓަރު އެކަނިކަމަށެވެ. އެހެންކަމުން އެމީހުން އަންނަނީ މީމްސް ހަދައިގެން އެކަމަށް ޖޯކު ޖަހަމުންނެވެ.
ނަމަވެސް ބޯޓު ފުންކުރުމުގެ މަސައްކަތުގައި ފަސް ޓަގު ބޯޓާއި، އެއްގަމުން ވެސް ބޯޓު ކޮނުމަށް ޓީމެއް އަންނަނީ ހަރަކާތްތެރިވަމުންނެވެ. އެމީހުން އަންދާޒާ ކުރާގޮތުން ބޯޓު ފުންކުރުމަށް އަދި ދެ ހަފްތާ ވަރު ނަގާނެއެވެ.
ބޯޓު ސަލާމަތް ކުރުމުގެ މަސައްކަތް ކުރަނީ:-
ސުއޭޒް ކެނަލް އަކީ ރަތް ކަނޑާއި، މެޑިޓޭރިއަން ކަނޑު ގުޅުވުމަށް ކޮނެފައި އޮންނަ ނެރެކެވެ. އެތަން ކޮނުމުގެ ސަބަބުން ބޯޓުފަހަށް ޔޫރަޕުން އެފްރިކާ އަދި އޭޝިއާގެ ގައުމުތަކަށް ދަތުރުކުރުމުގައި ވަރަށް ބޮޑުތަކުން އަވަސްވެއެވެ.
ސުއޭޒް ކެނަލް ބޭނުން ކުރުމުން ދަތުރުތައް ކުރުވޭ:
ބައެއް މީހުން ޖޯކު ޖެހި ނަމަވެސް، މިހާރު ކުރިމަތިވެފައި މިވާ މައްސަލައަކީ ދުނިޔޭގެ މުޅި އިގްތިސާދަށް ވެސް ލޮޅުން އަރާނެކަމެކެވެ. ސަބަބަކީ ކޮވިޑް 19 ގެ ޕެންޑަމިކާއެކު ގައުމުތަކުގެ އިންގިސާދު ހީނަރުވެފައިވާ ދަނޑިވަޅެއްގައި ދަތުރުތައް މަޑުޖެހި ނުވަތަ ދިގުލައިގެން ގޮސްފިނަމަ ވިޔަފާރިތަކަށް ބޮޑެތިގެއްލުންތަކެއް ލިބޭނެއެވެ.
މި ނެރު ކޮނުނީ، 1869 ވަނަ އަހަރުއެވެ.
ބޯޓު ސަލާމަތް ކުރަން މަސައްކަތްކުރަނީ: