ސުވިސްކެނަލަށް ތާށިވެފައިވަނީ ކޮންޓެއިނަރު އުފުލާ ބޯޓެކެވެ.
ބޯޓު ފުންކުރުމަށް މަސައްކަތް ކުރާއިރު އަދި ކުރިއެރުމެއް ނުލިބެއެވެ.
ބޯޓު ފުންކުރުމަށް ދެ ހަފްތާ ނަގާފާނެކަމަށް ވެސް އެ މަސައްކަތުގައި ހަރަކާތްތެރިވާ ޓީމުން ވަނީ ހާމަކޮށްފައެވެ.
ސުވިސް ކެނާލް ބްލޮކްވުމުގެ ސަބަބުން މުދާ އުފުލާ ގިނަ ބޯޓުތަކެއްގެ އޮޮޕަރޭޝަނަށްވަނީ ހުރަސްއެޅިފައެވެ.
ސުވިސް ކެނާލް އަކީ މެޑިޓޭރިއަން ކަނޑާއި، ރެޑް ސީ ގުޅުވާލުމަށް ކަނޑާފަައިވާ ކެނަލެކެވެ. މި ކެނަލުގެ ސަބަބުން ޔޫރަޕުން އިރުމައްޗަށް ދަތުރުކުރާ ބޯޓުތަކުގެ ދަތުރުތައް ވަރަށް ބޮޑުތަނުން ކުރުވެއެވެ. މި ކެނާލް ކޮނުނީ، 1869 ވަނަ އަހަރުއެވެ.