ފެލިވަރުން ކޮވިޑް ކޭސްތަކެއް ފެނިފައިވަނީ އެރަށް މޮނިޓަރިންނަށް ލާފާއިވާ ދަނޑިވަޅެއްގައެވެ.
މިދިޔަ އާދިއްތަ ދުވަހު އެރަށުން އެންމެ ފުރަތަމަ ކޮވިޑް ކޭސް ފެނިފައިވާއިރު ފެލިވަރުން ނައިފަރަށް ދަތުރު ކުރި މީހެއްވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.
ފެލިވަރުގައި ކޮވިޑް 19 ފެތުރިފައިވޭތޯ ބެލުމަށް ނައިފަރުގައި މަސައްކަތް ކުރާ ހާއްސަ ޓީމެއް ފެލިވަރުގައި ދަނީ ހަރަކާތްތެރިވަމުންނެވެ.
ފެލިވަރުން މިހާތަނަށް 104 ސާމްޕަލެއް ވަނީ ނަގާފައެވެ. އޭގެ ތެރެއިން 88 ސާމްޕަލްގެ ނަތީޖާ ލިބިފައިވާއިރު 66 ސާމްޕަލް ވަނީ ކޮވިޑް 19 އަށް ޕޮޒިޓިވްވެފައެވެ.
އެރަށުގެ އިތުރުން، ނައިފަރުން ވެސް ކޮވިޑްގެ ކޭސްތައް ދަނީ ފެންނަމުންނެވެ. އެގޮތުން މިހާތަނަށް އެރަށުން ތިން މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.