ކޮންމެ ކެމްޕެއިނަކާ ދިމާކޮށް މޮޅެތި ވާހަކަތައް ދެއްކިޔަސް މިހާރު ރައްޔިތުން އެ ދަޅަތަކަށް ނުހެއްލޭ ކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ އިލްޔާސް ހުސެއިން ވިދާޅުވެއްޖެ އެވެ.

Advertisement
އިލްޔާސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކެމްޕެއިނާ ދިމާކޮށް ރައްޔިތުންގެ މީހެއް ކަމަށް ދައްކަން އުޅުމާއި ކޮރަޕްޝަނާ ދެކޮޅަށް ވާހަކަ ދައްކާ ކަމަށެވެ. އަދި ޑިމޮކްރަޓިކް މީހެއްގެ ތާޖު އަޅާއި، ގޭގޭ ކުނި ކަހައިދިނުމާއި އެނދުތަންމަތި ވެސް އަޅައިދޭނެ ކަމަށެވެ.
"މޮޅެތި ވާހަކަ ދައްކާ މީހުންގެ ދަޅައަށް ރައްޔިތުން މިހާރު ނުހެއްލޭ. އަލްހަމްދުﷲ"
އިލްޔާސްއަކީ މި ސަރުކާރު ގެނައުމަށް ގިނަ މަސައްކަތްތަކެއް ކުރި ބޭފުޅެއް ނަމަވެސް މިފަހުން އޭނާ ގެންދަވަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ. ވަކިން ހާއްސަކޮށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ދޭތެރެއަކުން ފާޑުކިޔުން އަމާޒު ކުރައްވަ އެވެ.