ads
ފެލިވަރު——
ފެލިވަރުން ޕޮޒިޓިވްވި މީހުންގެ އަދަދު 75 އަށް!
ފެލިވަރުން ޕޮޒިޓިވްވި މީހުންގެ އަދަދު 75 އަށް އަރައިފި ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްއީއޯސީގެ ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޗްޕީއޭގެ ޑިރެކްޓަރު އަހުމަދު ނާސިރު ވިދާޅުވީ، ފެލިވަރު ކްލަސްޓަގައި މިހާތަނަށް ޖުމުލަ 75 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

އެގޮތުން ފެލިވަރުން ފުރަތަމަ ކޭސް ފެނިފައިވަނީ ބުދަ ދުވަހު ކަމަށާއި، އެދުވަހު އެކަކު ޕޮޒިޓިވްވެފައިވާ ކަމަށް ނާސިރު ވިދާޅުވިއެވެ. އަދި ބުރާސްފަތި ދުވަހު ފެލިވަރުން ހަތަރު މީހަކު ޕޮޒިޓިވްވި ކަމަށާއި، ހުކުރު ދުވަހު 66 މީހަކު ޕޮޒިޓިވްވި އިރު ހޮނިހިރު ދުވަހު ހަތަރު މީހަކު ޕޮޒިޓިވްވި ކަމަށް ނާސިރު ވިދާޅުވިއެވެ.

މިއާއެކު މިމަހު 27ވީ މިދިޔަ ހޮނިހިރު ދުވަހުގެ ނިޔަލަށް ފެލިވަރުން ޕޮޒިޓިވްވެފައިވަނީ ޖުމުލަ 75 މީހެއް ކަމަށް ނާސިރު ފާހަގަ ކުރެއްވި އެވެ. 

މިދިޔަ ހަފްތާގައި ފެލިވަރު މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ، އެ ރަށުގައި މަސައްކަތް ކުރާ މީހަކު ބުދަ ދުވަހު ކޮވިޑަށް ޕޮޒިޓިވްވުމުންނެވެ. 

މި ކޭސް އާ ގުޅިގެން އެޗްޕީއެއިން ވަނީ މިމަހުގެ އެއްވަނަ ދުވަހުގެ ފަހުން ފެލިވަރުން ފުރި މީހުން ކަރަންޓީނުވާން އަންގާފައެވެ. އަދި މި ކްލަސްޓާއާ ގުޅިގެން ނައިފަރުންވެސް ކޮވިޑް ކޭސްތައް ފެނިފައިވާއިރު، ނައިފަރަށް ދަތުރުކުރި މީހުންވެސް ކަރަންޓީނު ވުމަށް އެޗްޕީއޭއިން ވަނީ އެދިފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް