ads
ފާތިމަތު ޒުމްނާ
ދެ ކިޑްނީ ފެއިލްވެފައިވާ ތިން ކުދިންގެ މަންމަ ޒުމްނާ، އެދެނީ ދީލަތި އެހީއަކަށް
ތ. ތިމަރަފުށްޓައް ނިސްބަތްވާ ފާތިމަތު ޒުމްނާ އަދި އެރަށަށް ނިސްބަތްވާ އަހުމަދު އާމިރު ކައިވެނީގެ ފޮނި ގުޅުމުގެ ގޮށް އައްސާލީ 2002 ވަނަ އަހަރުގަ އެވެ. ހަޔާތުގެ ފޮނި އުންމީދުތަކާ އެކުގައި އެ ދެމަފިރިން އަމިއްލަ ގޭގައި ދިރިއުޅެމުން ދިޔަ އެވެ. ކައިވެންޏަށް 3 ވަނަ ކުއްޖާ ލިބުނު ފަހުން އެ ދެމަފިރިންނަށް ލިބިގެން ދިޔައީ ބިރުވެރި ހަބަރެކެވެ.

އެ ދެމަފިރިންގެ ހަޔާތް ބަދަލުކޮށްލި ހާދިސާ އަހުމަދު އާމިރު ސީއެންއެމް އަށް ކިޔާދެމުން ބުނީ މީގެ ފަސް އަހަރު ކުރިން ތިން ވަނަ ކުއްޖާ ޒުމްނާއަށް ލިބުނު ފަހުން އުދަނގޫތަކަކާ ކުރިމަތިވި ކަމަށެވެ. އެހެންކަމުން ޑޮކްޓަރަށް ދެއްކުމުން ލިބިގެން ދިޔަ ހަބަރަކީ ކިޑްނީގެ ސްޓޭޖް ދަށްވަމުން ދިޔަ ހަބަރެވެ. އެހެންކަމުން ޑޮކްޓަރުގެ ލަފަޔާ އެކުގައި ޒުމްނާގެ ހާލަތު އިތުރަށް ގޯސްވެ ނުދިޔުމަށް މަސައްކަތް ފެށި ކަމަށް އާމިރު ކިޔާދިނެވެ. ޑޮކްޓަރު ދިން ބޭސްތައް ވެސް ގަވާއިދުން ނަގަމުން ދިޔަ ކަމަށް އޭނާ ބުންޏެވެ.

އެހެން ނަމަވެސް ޒުމްނާގެ ހާލަތު އިތުރަށް ދިޔައީ ގޯސްވަމުން  ނެވެ. އެގޮތުން ލޭ މައްޗަށް ގޮސް އަދި އަންހެނުންގެ ފަޔާއި މޫނު ދުޅަވެ، އޭނާއަށް ވާ އުގަދޫތައް ބޮޑުވުމުގެ ސަބަބުން ފަރުވާ ކުރުމަށް ދަރިން ރަށުގައި ބަހައްޓާފައި މާލެ އައި ކަމަށް އާމިރު ކިޔާދިނެވެ. އަދި އައިޖީއެމްއެޗް އަށް ދެއްކުމުން ޑޮކްޓަރު ބުނީ ޒުމްނާގެ ކިޑްނީގެ ކައުންޓް 8.5 އަށް ގޮސްފައި ކަމަށެވެ.

އެހެންކަމުން ދެން ޑޮކްޓަރު ޒުމްނާއަށް ދެ ކަމެއްގެ ތެރެއިން އެއްކަމެއް ކޮށްގެން ކުރިއަށް ދިޔުމަށް އިހުތިޔާރު ދިނެވެ. އެއީ ޑައިލެސިސް ހެދުން ނުވަތަ ޓްރާންސް ފްލާންޓް ހެދުން ކަމަށް އާމިރު ކިޔާދިނެވެ.

އެހެންކަމުން އިތުރަށް ޒުމްނާގެ ހާލަތު އެނގެން ބޭނުންވާތީ އާއި ޓްރާންސްޕްލާންޓް ކުރުމަކީ ވަރަށް ބޮޑު ކަމަކަށް ވާތީ އެމީހުން ނިންމީ ބޭރަށް ދިއުމަށް ކަމަށް އާމިރު ބުންޏެވެ.

ޒުމްނާ ގޮވައިގެން 2017 ވަނަ އަހަރުގައި އިންޑިއާގެ ބެންގަލޫރަށް ޓެސްޓުތައް ހެދުމަށް ދިޔަކަމަށް އާމިރު ކިޔާދިނެވެ. އެތަނުން ވެސް ދިނީ އެއް ޖަވާބެއް ކަމަށް އޭނާ ބުންޏެވެ. އަދި ޓްރާންސްޕްލާންޓް ނުވަތަ ޑައިލެސިސް ހެދުމުގެ އިހްތިޔާރު އެތަނުން ވެސް ދިނެވެ.

އާމިރު ކިޔާދިން ގޮތުގައި އެދަތުރުގެ ހަރަދު އޭރުގައި އެމީހުން ކުރީ އަތުގައި ރައްކާކޮށްފައިވާ ލާރިން ކަމަށެވެ. އަދި އަނބުރާ ރާއްޖެ އައުމަށް ފަހުގައި އައިޖީއެމްއެޗްގެ އެފްރޯ ޔުނިޓަށް ދައްކާ ޒުމްނާއަށް އަވަހަށް ފަރުވާ ކުރުމުގެ މަސައްކަތް ފެށި ކަމަށެވެ.

އެގޮތުން އޭރުގައި އެ ދެމަފިރިންނަށް ލިބިފައިވާ ކުދިން ވަރަށް ކުޑަ ކަމަށާއި އެހެންކަމުން ޒުމްނާއަށް ކުދިން ކައިރީގައި ރީތިކޮށް ދިރިއުޅެވޭނީ ޓްރާންސްޕްލާންޓު ހަދައިގެން ކަމަށް ޑޮކްޓަރުން ލަފާ ދިނުމުން އެކަމުގެ މަސައްކަތް އެމީހުން ފެށި އެވެ.

ޓްރާންސްޕްލާންޓް ހެދުމަށް ތައްޔާރީތައް ވަމުން ދަނިކޮށް ދެން އެ ދެމަފިރިންގެ ރިހޭ ފައި މައްޗަށް ފޮއި ވެއްޓުނެވެ. އެގޮތުން ކަރަންޓް ޝޯޓެއް ދިމާވެ ދިރިއުޅުމަށް ހަދާފައިވާ ގެ އަދާ ހުލިވެގެން ދިޔަ ކަމަށް އާމިރު ކިޔާދިނެވެ. ނަސީބަކުން ކުއްޖަކު އެގޭގައި އެގަޑީގައި ނެތުމުން އެއްވެސް މީހަކަށް އަނިޔާއެއް ނުވާކަމަށް އޭނާ ބުންޏެވެ.

އެހެންކަމުން ޒުމްނާގެ ޓްރާންސްޕްލާންޓު ހެދުމުގެ ކަންކަން ލަސްވެގެން ދިޔަ އެވެ. ދިރިއުޅޭ ގެ އެދުމުގެ ސަބަބުނާއި ޒުމްނާގެ ބޭސްފަރުވާއަށް ހަދަރު ކުރަން ޖެހުމުން މާލީގޮތުން ވަރަށް ބޮޑު ދަތިތަކަކާ ކުރިމަތިވެފައިވާ ކަމަށް އާމިރު ބުންޏެވެ.

ޓްރާންސްޕްލާންޓު ލަސްކޮށްލުމަށް ފަހުގައި ޒުމްނާގެ ހާލަތު އެހެން ގޮތަކަށް ރަނގަޅު ކުރެވޭތޯ މަސައްކަތް ކުރަމުން ދިޔަ ކަމަށް އާމިރު ކިޔާދިނެވެ.

ގެ ހެދުމަށް އާމިރު ހަތަރު ލައްކަ ރުފިޔާގެ ލޯނެއް ނެގި އެވެ. ދަރިންނަށް ބޯހިޔާވަހިކަން ހޯދާދިނުމަށެވެ. އެހެން ނަމަވެސް ގޭގެ މަސައްކަތް ނުފެށިގެން އުޅެނިކޮށް އަންހެނުން ވަރަށް ބޮޑަށް ބަލިވެ ހޮސްޕިޓަލުގައި އެދުމަތިކޮށް ޑައިލަސިސް ފެށި އެވެ.

އާމިރު ބުނީ އެމީހުންނަށް މާލޭގައި އުޅެވޭނެހާ ފެންވަރެއް އޭރުގައި ނެތްކަމަށެވެ. އަދި ދަރިންނަށް އޭނާ ކޮންމެ ގޮތެއްވިއަސް ތައުލީމާއި އެކުދިންގެ މަންމަ ގާތުގައި ބެހެއްޓުން މުހިންމު ވާނެ ކަން ވެސް އާމިރު ފާހަކުރި އެވެ.

އެހެންކަމުން އޭރުގައި ވެސް ފަންޑު ރެއިސްކޮށްގެން ޒުމްނާ ގޮވައިގެން ޓްރާންސްޕްލާންޓު ކުރުމަށް އިންޑިއާ އަށް ދިޔައީ ކަމަށް އާމިރު ކިޔާދިނެވެ. އޭރުގައި ޒުމްނާއަށް ކިޑްނީ ދިނީ އޭނާގެ ކޮއްކޮއެކެވެ.

your imageޒުމްނާ އަދި އާމިރުގެ އާއިލާ

އޮޕަރޭޝަންކޮށް މާގިނަ އިރުތަކެއް ނުވެ ޒުމްނާގެ ހަށިގަނޑަށް ލެއްވި ކިޑްނީ ރިޖެކްޓު ވަމުންދާ ހަބަރު ޑޮކްޓަރު ދިނެވެ. އާމިރުގެ ފައިދަށުން ބިންގަނޑު ދަމައިގެން ދިޔަހެން ހީވި ކަމަށް އެނާ ކިޔާދިނެވެ. ޑޮކްޓަރު ކައިރީގައި ކޮންމެވެސް ގޮތެއް ހަދާދިނުމަށް އޭނާ އާދޭސްކުރި އެވެ. ޑޮކްޓަރުންގެ މަސައްކަތުން ކިޑްނީ މަސައްކަތް ކުރަން ފެށި އެވެ.

އެހެން ނަމަވެސް އަނބުރާ ރާއްޖެ އައިފަހުން ޒުމްނާގެ ހާލު ރަނގަޅު ނުވާކަމަށް އާމިރު ކިޔާދިނެވެ. އެހެން ނަމަވެސް ދަރިންނާ އެކުގައި ހަމަޖެހިގެން ދިރިއުޅެވޭނެ ކަމުގެ ފޮނި އުންމީދުގައި ރަށަށް ގޮސް 4 މަސް ނުވަނީސް ޒުމްނާގެ ހާލަތު އަނެއްކާވެސް ގޯސްވި އެވެ.

އާމިރު ބުނީ މިހާރު އަނެއްކާވެސް ޒުމްނާއަށް މާލެ އައިސްގެން ޑައިލަސިސް ހަދަމުން އަންނަ ކަމަށެވެ. އަދި އޭނާގެ ހަދަން ފަށާފައިވާ ގެވެސް ވަނީ ނުނިމި ކަމަށާއި ނެގި ލޯނުވެސް ވަނީ ނުދެއްކިފައިކަން އޭނާ ކިޔާދި ނެވެ.

މާލޭގައި ޑައިލަސިސް ހަދަމުން ދާއިރު މިހާރު އުޅެމުން ދަނީ ވިލިމާލޭގައި ބޮޑު އަގުގައި ކުލި ދައްކައިގެން ދަރިންނާއި މަންމަ ގޮވައިގެން ކަމަށް އާމިރު ބުންޏެވެ. އެހެންކަމުން މާލީ ދަތިތަކާ ވަރަށް ބޮޑަށް ކުރިމަތިވެފައިވާ ކަމަށްވެސް އޭނާ ކިޔާދިނެވެ.

ދަރަނި ބޮޑުވެފައި ވުމުން އެކަމުގެ ވާހަކަ ސަރުކާރަށް ވެސް ދަންނަވާފައިވާނޭ ކަމަށް ވެސް އެނާ ބުންޏެވެ.

އާމިރު ބުނީ އޭނާގެ އަންހެނުން ޒުމްނާގެ ކިޑްނީ އަނެއްކާވެސް ޓްރާންސްޕްލާންޓް ހެދުމަށް މިހާރު ހުރިހާ ތައްޔާރީތައް ވެފައިވާ ކަމަށެވެ. އެގޮތުން މި ފަހަރު ދެނީ އޭނާގެ ކިޑްނީ ކަމަށް ވެސް އާމިރު ބުންޏެވެ.

މި ހުކުރު ނޫން ދެން އަންނަ ހުކުރުގައި މިހާރު އިންޑިއާއަށް ފުރުމުގެ ތައްޔާރީތައް ވަމުންދާ ކަމަށާއި ޕޮރިން މިނިސްޓްރީގެ ހުއްދަވެސް އަދި އާސަންދަވެސް ލިބިފައިވާ ކަމަށް އޭނާ ބުންޏެވެ.

އާމިރު ބުނީ އޭނާއަކީ ރިސޯޓުތަކަށް ދަރުތުކުރާ ދޯންޏެއްގެ މާލިމީއެއް ކަމަށާއި އަންހެނުން ބަލިކަމުން ކައިރީގައި ހުންނަން ޖެހުމުން އޭނާ އަށް އާއިލާއަށް އާމްދަނީ ހޯދައިދުނުމުގައި ވަނީ ދަތިތަކަކާ ކުރިމަތިލާން ޖެހިފައި ކަމަށެވެ.

އެހެންކަމުން ޒުމްނާ އަދި އޭނާގެ ފިރިމީހާ އާމިރުގެ ފަރާތުން އެދެނީ ތިޔަ ބޭފުޅުންގެ ދީލަތި އެހީއަކަށެވެ.

އެކައުންޓު ނަންބަރު:7730000159018

ޑޮލަރު އެކައުންޓު ނަންބަރު:770000365102

ފާތިމަތު ޒުމްނާ -7584041

އަހުމަދު އާމިރު - 7832210

ނޯޓް: ސީއެންއެމް އެހީ މި ސެގްމަންޓްގެ ދަށުން ގެނެސްދެވޭ ފަރާތްތަކަށް އެހީތެރިވުމަށް އެދޭ ފަރާތްތަކުން އެ އާއިލާއާ ގުޅުއްވައިގެން އެހީގެ ކަންކަން ކުރިއަށް ގެންދެވުން އެދެމެވެ.  

31%
ކަމުގޮސްފި
23%
އަޑުއެހިތާ މިހުރީ
15%
ސަތޭކައަކުން ސުމެއް
31%
ވަރަށް ސަލާމް
ކޮމެންޓްސް