ads
ރޭކާ ނެހާގެ ސާރީ އަޅުވައިދެނީ
ސްޓޭޖުމަތިން ރޭކާ ދިން ކައިވެނީގެ ހަދިޔާއިން ނެހާ ސަޕްރައިޒްކޮށްލައިފި
މަޝްހޫރް ލަވަކިޔުންތެރިޔާ ނެހާ ކައްކަރު އާއި ލަވަކިޔުންތެރިޔާ ރޯހަންޕްރީތު ސިންގް ކައިވެނިކޮށްފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައެވެ.
Advertisement

ކައިވެނީގެ ހަފްލާ ކުލަ ގަދަކޮށް ބޭއްވިއިރު މިހާރު މިއީ ބޮލީވުޑްގެ އެންމެ "ކިޔުޓް ކަޕަލް"ގެ ގޮތުގައި މަޝްހޫރްވެފައިވާ ދެމަފިރިންވެސް މެއެވެ. 

ނެހާ މަޝްހޫރްވެފައިވަނީ އިންޑިއަން އައިޑުލްއިންނެވެ. އަދި އޭގެ ފަހުން އެ ޝޯގެ ޖަޖުކަން ކުރާތާ އެތައް އަހަރެއް ވަނީ ވެފައެވެ. މި ޝޯގެ ސްޓޭޖް މަތިން ދޭތެރެ ދޭތެރެއިން ނެހާއަށް ސަޕްރައިޒްތައް ވެސް ލިބެއެވެ. އެގޮތުން ނެހާ ހަނީ މޫން ނިންމާލުމަށް ފަހު ޝޯއަށް އަނބުރާ އައުމުންވެސް ވަނީ ކައިވެނީގެ ސެލެބްރޭޝަން ސަޕްރައިޒެއްވެސް ދީފައެވެ. 

މިފަހުން ޝޯގެ ހާއްސަ މެހެމާނަކަށް މަޝްހޫރު ކުރީގެ ތަރި ރޭކާ ބައިވެރިވެފައިވާއިރު، ރޭކާގެ ފަރާތުން ވެސް ނެހާއަށް ވަނީ ކައިވެނީގެ ސަޕްރައިޒް ހަދިޔާއެއް ލިބިފައެވެ. ރޭކާ ވަނީ ހަދިޔާއެއްގެ ގޮތުން ސާރީއެެއް ނެހާއަށް ހަދިޔާކޮށްފައެވެ. 

އަދި މި ސާރީ ސްޓޭޖް މަތީގައި ރޭކާގެ އަތުން ވަނީ ނެހާ ގައިގައި އަޅުވައިދީފައެވެ. 

your imageނެހާ އަދި ރޭކާ

ރޭކާއަކީ ކުރީގެ މަޝްހޫރް ތަރިންގެ ތެެރޭގައި ހިމެނޭ އެންމެ ހޮޓް އަދި އެންމެ ފެޝަނަބަލް ތަރިންގެ ތެރޭގައި ހިމެނޭ ތަރިއެކެވެ. ހާއްސަކޮށް ރޭކާގެ އުމުރުން 60 އާ ކައިރިކޮށްފައިވާއިރުވެސް މޫނުމަތިން ޒުވާންކަން ފެނުމާއި އޭނާގެ ސާރީ އެޅުމުގެ ސްޓައިލަކީ މަޝްހޫރް ސްޓައިލެކެވެ.

ބްލީވުޑްގެ ގިނަ ތަރިން ވެސް ހިމެނޭގޮތަށް ރޭކާގެ އަތުން ސާރީއެެއް ހަދިޔާއަކަށް ހޯދަން ބޭނުންވާ ތަރިން އުޅެއެވެ. އެހެންނަމަވެސް ރޭކާގެ އަތުން މި ފަދަ ހަދިޔާއެއް ލިބުމަކީ ވަރަަށް މަދު ފަހަރެއްގައި ނޫނީ އެހެން މީހަކަށް ލިބޭނެ ފުރުސަތެއް ނޫން ކަމަށް ވެ އެވެ.

ނެހާއަށް މި ނަސީބު ލިބިފައިވާއިރު، ނެހާ އަކީ ބޮލީވުޑުގައި މި ވަގުތު ހުރި އެންމެ ކާމިޔާބު އެއް ލަވަކިޔުންތެރިޔާ ކަމާ މެދު ސުވާލެއް ނެތެވެ. އޭނާގެ އަޑުން ލަވައެއް ނެތް ފިލްމެއް މިފަހުން މަދެވެ. އޭނާގެ ގިނަ ލަވަތަކަކީ ހިޓް ލަވަތަކެކެވެ.

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް