ads
އެމްއައިބީ---
އެމްއައިބީން ވިސާ ކާޑު ތައާރަފްކޮށްފި
މޯލްޑިވްސް އިސްލާމިކް ބޭންކް (އެމް.އައި.ބީ) އިން ވިސާ ޑެބިޓް ކާޑުގެ ހިދުމަތް ފަށައިފި އެވެ.

އެމް.އައި.ބީން އިން ވަނީ ދެ ވައްތަރެއްގެ ވިސާ ކާޑުގެ ހިދުމަތް ތައާރަފްކޮށްފައެވެ. އެކުންފުނިން ކަސްޓަމަރުންނަށް އަލަށް ތައާރަފްކޮށްފައިވަނީ ވިސާ ގޯލްޑް އަދި ވިސާ ޕްލެޓިނަމް ޑެބިޓް ކާޑުތަކެވެ. އަދި މީގެ އިތުރުން "އެވްރީޑޭ"ގެ ނަމުގައި އެކުންފުނިން ވަނީ ޑިސްކައުންޓް ސްކީމެއް ވެސް ފަށާފައެވެ. މި ސްކީމުގެ ދަށުން ގިނަ އަދަދެއްގެ ވިޔަފާރިތަކުން އެމްއައިބީގެ ހިދުމަތް ބޭނުންކުރާ ފަރާތްތަކަަށް ޑިސްކައުންޓް ލިބިގެންދާނެ ކަމަށް އެކުންފުނިން ބުނެއެވެ. 

އެމްއައިބީގެ ވިސާ ކާޑުތައް ރާއްޖޭގެ ކޮންމެ އެޓީއެމެއްގައި ވެސް ބޭނުން ކުރެވޭނެ އެވެ. އެކުންފުނިން މައުލޫމާތު ދޭ ގޮތުގައި ފަށައިގަންނައިރު ރާއްޖެއިން ބޭރުގައި ބޭނުންކުރެވޭނީ ކުރެވޭނީ ޑޮލަރ އެކައުންޓަކާއި ލިންކް ކޮށްފައިވާ ވިސާ ކާޑުތަކުން އެކަންޏެވެ. ނަމަވެސް އެކުންފުނިން ދަނީ ކައިރި މުއްދަތެއްގައި ހުރިހާ ކާޑަކުން ވެސް ރާއްޖެއިން ބޭރުގައި ވިޔަފާރި ކުރޭވެނެ ގޮތް ހެދުމަށް ތައްޔާރު ވަމުންނެވެ.

މިވަގުތު ރާއްޖޭގައި ވިސާ ކާޑުގެ ހިދުމަތް ދެމުން އަންނަނީ 4 ބޭންކަކުންނެވެ. އެއީ އެމް.އައި.ބީގެ އިތުރުން ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް) އާއި ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސް.ބީ.އައި) އަދި ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް (ސީ.ބީ.އެމް) އިންނެވެ. 

ވިސާ ކާޑަކީ ދުނިޔޭގެ ގިނަ ޕީއޯއެސް އަދި އޭޓީއެމްތަކުން ބަލައިގަންނަ، ގިނަ ބައެއްގެ އިތުބާރު ލިބިފައިވާ ހިދުމަތެކެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް