ads
ރާއްޖޭގެ ރަށެއް-- ފޮޓޯ: ގެސްޓްހައުސް މޯލްޑިވްސް
53 މީހަކު ރަށަށް ބަދަލުކުރުމުގެ މަސައްކަތްކުރަނީ
އަހުލު ޕްރޮގްރާމްގެ ދަށުން 53 މީހަކު ރަށަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންއަންނަ ކަމަށް ޖެންޑާ މިނިސްޓްރީ ބުނެފި އެވެ.

ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން ޖެންޑާ މިނިސްޓްރީގެ އެސިސްޓެންޓު ޑިރެކްޓަރު ފަޒްލާ އަހުމަދު ޝަހީމް ވިދާޅުވީ އެ ޕްރޮގްރާމުގެ ދަށުން މިހާރު ހަތަރު އާއިލާއެއް ވަނީ އެމީހުންގެ ރަށުގައި ކަމަށެވެ. އަދ އޭގެތެރެއިން އެއް އާއިލާއެއް އެމީހުން ބޭނުންވުމުން ޖެންޑާއިން ރަށަށް ބަދަލުވުމަށް ދިން ފައިސާ އަނބުރާ ދައްކަމުން އަންނަ ކަމަށް ފަޒްލާ ވިދާޅުވި އެވެ.

މީގެ އިތުރުން ފަޒްލާ ވިދާޅުވީ އަލަށް ތިން އާއިލާއެއް މިހާރު ވަނީ ބަދަލުކުރެވިފައި ކަމަށާއި އިތުރު އެއް އާއިލާއެއް ރަށަށް ބަދަލު ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.

އަހުލު ޕްރޮގްރާމުގެ ދަށުން ހަތް އާއިލާއެއްގެ ޝަރުތުތައް ފުރިހަމަ ވޭތޯ މިހާރު ދަނީ ބަލަމުން ކަމަށް ފަޒްލާ ވިދާޅުވި އެވެ. އެ ޕްރޮފްރާމުގައި 16 އާއިލާއަކުން މިހާތަނަށް ބައިވެރިވެފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ 53 މީހުން ކަމަށް ވެސް ފަޒްލާ ވިދާޅުވި އެވެ.

ޖެންޑާއިން އަހުލު ޕްރޮގްރާމުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލާފައި ވަނީ ފެބްރުއަރީ މަހުގެ ނުވަ ވަނަ ދުވަހުގަ އެވެ.

އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ގާނޫނުގެ ހަތަރުވަނަ ބާބާށް ރިއާޔަތްކޮށް، އެ ގާނޫނުގެ 46 ވަނަ މާއްދާގެ (ށ) އިން ޖެންޑާއަށް ލިބިދޭ އިހްތިޔާރުގެ ދަށުން، ހާލަތު ބަދަލުވުމުގެ ސަބަބުން އަތޮޅު ތެރެއަށް ދިރިއުޅުން ބަދަލުކޮށް ވަޒަންވެރިވާން އަމިއްލައަށް އެދޭ ފަރާތްތަކަށް ހިންގާ ޕްރޮގްރާމުގެ ދަށުން އެހީ ފޯރުކޮށްދިނުމުގައި އަމަލުކުރާނެ ހަމަތަކާއި އިޖުރާއަތުތައް ބަޔާންކޮށް ޖެންޑާ މިނިސްޓްރީން ވަނީ ގަވާއިދެއް ވެސް އާންމުކޮށްފަ އެވެ. 

އެ ޕްރޮގްރާމުގެ ދަށުން އެހީތެރިކަމަށް އެދި ހުށަހަޅާ އާއިލާތަކަށް، މި ގަވާއިދުގައި ވާގޮތުގެ މަތިން، ރަށަށް ބަދަލުވެވޭނެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި އެ އާއިލާތަކުން ރަށަށް ބަދަލުވުމަށް ކުރަންޖެހޭ ހަރަދުތައް ދިނުމަށް ޖެންޑާ މިނިސްޓްރީން ވަނީ ހަމަޖައްސާފައެވެ. އެގޮތުން ކޮވިޑް-19 ގެ ސަބަބުން ދިރިއުޅުމުގެ ހާލަތު ބަދަލުވެ، ރަށަށް ދިރިއުޅުން ބަދަލުކުރަން ބޭނުންވާ މީހުންނަށް ސަރުކާރުން 3000 ރުފިޔާގެ އެލަވަންސެެއް ފޯރުކޮށްދޭން ވަނީ ނިންމާފައެވެ.

އަދި ވަޒަންވެރިވުމަށް ދަތުރުކުރާ ރަށަށް ދިއުމަށް އެއްކޮޅު ޓިކެޓްގެ އިތުރުން، އެމީހަކު ބަދަލުވާ ރަށެއްގައި އުޅޭ ގެދޮރު މަރާމާތުކުރަން ޖެހިއްޖެނަމަ އެކަމަށް ހިނގާނެ ހަރަދުގެ އިންސައްތައެއް ވެސް ދޭނެ އެވެ. ޝަރުތު ހަމަވެގެން ރަށަށް ފޮނުވާ އާއިލާތަކުގެ ހާލަތު އެއް އަހަރު ދުވަސް ވަންދެން މޮނިޓާކުރާނެ އެވެ. ރަށަށް ބަދަލުވާން 500 އާއިލާއަކަށް އެހީ ދޭނެ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެ އެވެ. އެކަމަށް 26.7 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކުރެ އެވެ.

އެހީއަށް އެދެން ޖެހޭނީ ހާއްސަ ފޯމެއް މެދުވެރިކޮށެވެ. އެގޮތުން ފޯމު ހުށަހަޅަން ޖެހޭނީ އެހީއަށް އެދޭ ފަރާތުން ވަޒަންވެރިވާ ރަށުގެ ކައުންސިލަށެވެ. އަދި އެކަމަށް އެދޭ ފަރާތްތަކަށް 30 ދުވަހުގެ ތެރޭގައި އެފަރާތަކީ އެހީއަށް ޝަރުތު ހަމަވާ ފަރާތެއްކަން ނުވަތަ ނޫންކަން ޖެންޑާ މިނިސްޓްރީން އަންގާނެ އެވެ. 

އެހީއަށް އެދޭ ފަރާތްތަކުގައި ޝަރުތުތަކުގެ ތެރޭގައި އުމުރުން 18 އަހަރު ނުވާ އެއް ކުއްޖަކު ހުރުމާއެކު ވަޒަންވެރިވާން ބޭނުންވާ ރަށުގައި އެމީހަކަށް ހުރެވޭނެ އިންތިޒާމުތަކެއް ހަމަޖެހިފައި ހުންނަން ޖެހެ އެވެ. އޭގެ އިތުރުން މާލޭ ސަރަހައްދުގައި އެމީހަކު ދިރިއުޅެމުންދާތާ މަދުވެގެން އަހަރު ދުވަސް ވާން ޖެހޭއިރު ފަގީރުކަމުގެ ހާލަތު ދެނެގަތުމަށް އެންސްޕާ އިން އާންމުކޮށްފައިވާ ގަވާއިދު ބުނާ މިންވަރަށް ވުރެ މަދުން އާމްދަނީ ލިބޭ މީހަކަށް ވެސް ވާންޖެހެ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް