ads
ޖިންނި އަވަލިތާ އެތަށް އަހަރެއް، ސަލާމަތްވީ ކިރިޔާ!
ހަގީގީ ވާހަކަ: ޖިންނި އަވަލިތާ އެތައް އަހަރެއް، ސަލާމަތްވީ ކިރިޔާ!
މި ހާދިސާއަކީ ރާއްޖޭގެ ދެކުނުގެ އަތޮޅެއްގެ ރަށެއްގައި ހިނގާފައިވާ ހާދިސާއެކެވެ. ޒުވާން ފިރިހެން ކުއްޖަކު އެނާގެ އުމުރުގެ ދެބައިކުޅަ އެއްބައި ޖިންނި މޮޔަވެ އެކަމުން ސަލާމަތް ނުވެވުނު ހާދިސާ އެކެވެ. އެކުއްޖާގެ ނަމާއި ރަށް އެއާއިލާގެ އައިޑިންޓިޓީ ރައްކާތެރިކުރުމުގެ ގޮތުން ވަނީ ފޮރުވާފަ އެވެ.
Advertisement

އެ ހާދިސާ ހިނގާފައިވަނީ އެ ފިރިހެން ކުއްޖާގެ އުމުރުން 15 އަހަރުގަ އެވެ. ފުރާވަރުގެ ކުދިން އުޅޭހެން އެ ކުއްޖާއަކީ ވެސް ވަރަށް ހަލަނި ކުއްޖެ ކެވެ. ދިރޭ އެއްޗިއްސަށް ގޯނާކޮށް މިސްކިތަށް ނަމާދުކުރަން ގޮސް ސަކަރާތް ޖަހާ ކުއްޖެ ކެވެ.

އެހެން ކުޅެނިކޮށް އެއް ރެއަކު މަގްރިބް ނަމާދުކުރަން ވެގެން އޭނާ ގެއިން ނިކުތް ތަނުން ހޯނެއް ފެނުނެވެ. އެ ހޯނު ހިފައިގެން ގޮސް އެގޭގައި ގެންގުޅޭ އިރުވާހުދަކަށް އެ ހޯނު ކުއްޖާ ކާންދިނެވެ. އިރުވާހުދު އެ ހޯނު ކައި ނިންމާލިތާ މާގިނަ އިރުތަކެއް ނުވެ އެ ފިރިހެން ކުއްޖާ ބިން މައްޗަށް ވެއްޓު ނެވެ.

އާއިލާއިން ވަގުތުން އެކުއްޖާ ހޮސްޕިޓަލަށް ގެންދިޔަ އެވެ. ސިއްހީ ކަމެއް ކަމަށް ހީކޮށެވެ. ނަމަވެސް އެރޭގެ ފަހުން ވެސް އެ ފިރިހެން ކުއްޖާ ކުއްލި ކުއްލިއަށް ހަބަރު ހުސްވުމާއި ގެއްލުން ފަދަ ކަންކަން ދިމާވަމުން ދިޔަ އެވެ.

އެއީ ޖިންނި ކަމެއްކަން އާއިލާއަށް ރޭކާލައި ރުގްޔާ ކުރަން ފެށި އެވެ. ނަމަވެސް އެ ފިރިހެން ކުއްޖާގެ އުޅުމަކަށް ބަދަލެއް ނާދެ އެވެ. އިތުރަށް އޭނާގެ ހާލަތު ގޯސްވަމުން ދިޔަ އެވެ.

އެއް ރެއަކު އެ ކުއްޖާ އާއިލާ މީހުންގެ އަތުގައި ނުޖެހުމަށް ދުވަމުން ގޮސް މޫދަށް އެރި ފަރުމަތިން ކަނޑަށް ފައިބަން ވެސް މަސައްކަތް ކުރިއެވެ. 

ހައިރާންވާ ކަމަކީ އޭނާ ދުވީ ފެންގަނޑު މަތީގައި ކަމަށް މަންޒަރު ދުށް ބައެއް މީހުން ބުނާތީއެވެ. ނަސީބަކުން އޭނާގެ ފަހަތުން ފަތާފައި ދިޔަ މީހަކު އެ ކުއްޖާ ސަލާމަތް ކުރީ އެވެ.

އެ ފިރިހެން ކުއްޖާގެ ހާލަތު ގޯސްވަމުން ދިޔަ އެވެ. އައިލާއިން އޭނާ ރަނގަޅު ކުރެވޭތޯ އެތައް މަސައްކަތެއް ކުރަމުން ދިޔަ އެވެ. ބޮޑެތި ހަރަދުކޮށްގެނެވެ. ނަމަވެސް ލުޔެއް ލިބޭ ގޮތެއް ނުވި އެވެ.

ރާއްޖޭގައި ރުގްޔާކުރާ ވަރަށް މޮޅު މީހަކުވެސް އެ ކުއްޖާ ރަނގަޅުކުރެވޭތޯ މަސައްކަތް ކުރި އެވެ. ނަމަވެސް ޖިންނިތައް އެ ފިރިހެން ކުއްޖާ ދޫނުކޮށްލާނެ ކަމަށް ބުނަމުން ދިޔަ އެވެ.

އާއިލާ މީހުން މާޔޫސްވަމުން ދިޔަ އެވެ. ފަރުވާއެއް ލިބޭނޭ ކަމުގެ އުންމީދު ފަނޑުވަމުން ދިޔަ އެވެ. ނަމަވެސް އެ އާއިލާއިން ހިތްމަތާ މިންނަތުން ކުރަމުން ދިޔަ މަސައްކަތް ކާމިޔާބުވި އެވެ.

މިއަދު އެ ފިރިހެން ކުއްޖާ ވަނީ އެ ބަލިން ރަނގަޅުވެފަ އެވެ. ނަމަވެސް އޭނާގެ ޒުވާން އުމުރުވެ ބޮޑުބައެއް ގެއްލިގެން ދިޔައީ ކުޑަކުޑަ ހޯނެއްގެ ސިފަ ޖެހިގެން އޮތް ޖިންނި އަކަށް ކުރެވުނު ގޯނާއެއްގެ ސަބަބުން ނެވެ.

20%
ކަމުގޮސްފި
40%
އަޑުއެހިތާ މިހުރީ
17%
ސަތޭކައަކުން ސުމެއް
23%
ވަރަށް ސަލާމް
ކޮމެންޓްސް