ads
އިންޑިއަގައި ރޭޕާއި ދެކޮޅަށް ކުރި މުޒާހަރާއެއްގެ ތެރެއިން
އިންޑިއާގައި ސްކޫލް ކުއްޖަކު ގޭންގް ރޭޕްކޮށް ފިލަން އުޅުނު މީހަކު މަރާލައިފި
ސްކޫލް ކުއްޖަކު ގޭންގް ރޭޕްކޮށް ފިލަން އުޅުނު މީހަކު މަރާލައިފައިވާކަމަށް އިންޑިއާ ފުލުހުން ބުނެފިއެވެ.

އިންޑިއާ ފުލުހުން މިއަދު ބުނީ މަރަލާފައިވަނީ ވެސްޓާން ޔޫޕީ ގެ ގްރޭޑް 10 ގައި ކިޔަވަމުން ދިޔަ އަންހެން ދަރިވަރަކު ރޭޕު ކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްގެން ކޯޓަށް ގެންދަން އުޅެނިކޮށް ފިލަން އުޅުނު މީހެއްކަމަށެވެ. 

އެ ކުއްޖާ ރޭޕު ކުރީ ހަތަރު ފިރިހެނުން ވެގެންކަމަށް ވެސް އިންޑިއާ ފުލުހުން ބުނެއެވެ.

މި ހާދިސާ ހިނގިގޮތް ކިޔައި ދެމުން ފުލުހުން ބުނެފައިވަނީ ރޭޕް ކުރި ކަމަށް ތުހުމަތުކުރޭ ލަކްޝަން އާއި ވިކާ ކޯޓަށް ގެންދަން އުޅެނިކޮށް ފުލުހެއްގެ ފިސްތޯލު އަތުލައި ފުލުހުންނަށް ބިރުދެއްކުމަށްފަހު އެންމެ ފުރަތަމަ ފިލީ ކަމަށެވެ. 

ނަމަވެސް ފުލުހުންގެ ޓީމަކުން އެމީހުން ތިބި ސަރަހައްދައް ދިއުމުން ލަހާން ކިޔާ މީހާ ފުލުހުންނާއި ދިމާލަށް ބަޑި ޖެހުމުން އޭގެ ރައްދުގައި ފުލުހުން ބަޑި ޖަހައި އެނާ މަރައިލީއެވެ. އަދި އެނެކަކު ހައްޔަރުކުރީ ކަމަށެވެ. 

ރޭޕުގެ ޝިކާރައަށްވި ކުއްޖާގެ އާއިލާއިން ކުރި ރިޕޯޓުގައި ބުނެފައިވަނީ އެ ކުއްޖާ ގެއިން ނުކުތީ ހަވީރު 3:30 ހާއިރު ކަމަށެވެ. އަދި އެނބުރި ގެއަށް އައިސް ރޭޕާއި ފުރައްސާރައިގެ ވާހަކަ ބުނީ އެ ދުވަހުގެ ހަވީރު 5:30 ހާއިރު ކަމަށެވެ.  

ރޭޕުގެ ޝިކާރަށް ވި ކުއްޖާ ވަނީ ފަހުން ހޮސްޕިޓަލުގައި ފަރުވާ ދެމުން ގެންދަނިކޮށް މަރުވެފަައެވެ.

11%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
89%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް