ads
ނެއިބާހޫޑް ޕޮލިސިން އދ. އަތޮޅުގައި ފެށުމުގެ ރަސްމިއްޔާތު ތެރެއިން
އދ. އަތޮޅުގައި ނެއިބަހޫޑް ޕޮލިސިން ފަށައިފި
އދ. އަތޮޅުގައި ނެއިބަހޫޑް ޕޮލިސިން ގެ ހިދުމަތް ފަށާއިފިއެވެ.
Advertisement

އަވަށްޓެރި ފުލުހުންގެ ހިދުމަތް ފައްޓަވައިދެއްވީ އިއްޔެ އަތޮޅުގެ ވެރިރަށް މަހިބަދޫގައި ބޭއްވި ރަސްމިއްޔާތުގައި ކޮމިޝަނާ އޮފް ޕޮލިސް މުޙައްމަދު ހަމީދުއެވެ. އަދި މި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަބްދުލް މަންނާން ޔޫސުފާއި، މަހިބަދޫ ކައުންސިލްގެ ރައީސް އަދި މެމްބަރުންގެ އިތުރުން ފުލުހުންނާއި ކައުންސިލްގެ މުވައްޒަފުންނާއި މަހިބަދޫގެ ބައެއް ރައްޔިތުންވެސް ބައިވެރި ވެފައި ވެއެވެ.

މި ބަދަލާއެކު ކަމެއް ދިމާވުމުން އެކަމަކަށް ފިޔަވަޅު އަޅަންތިބޭ ބައެއްގެ ބަދަލުގައި، މުޖުތަމައުއަށް ނުކުމެ، އިސްވެ މައްސަލަތައް ދެނެގަނެގެން އެ މައްސަލަތަކަށް ހައްލު ހޯދުމަށް މަސައްކަތް ކުރާނެ ކަމަށް ސީޕީ ވަނީ ވިދާޅުވެފައެވެ. 

އަދި ފުލުހުންގެ ހިދުމަތަކީ ރައްޔިތުންނަށް އިތުބާރުކުރެވޭ ހިދުމަތެއްގެ ގޮތުގައި ގާއިމުކޮށް ދަމަހައްޓައިދިނުމަށް ވަރަށް ގިނަ ރައްޔިތުން ފުލުހުންގެ ކިބައިން އެދިފައިވާކަން ފާހަގަކުރައްވައި، ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ އަވަށްޓެރި ފުލުހުންގެ ހިދުމަތް ފޯރުކޮށްދޭން ފެށުމުން އެ އިތުބާރު ވަރަށް ބޮޑަށް އިތުރުވެގެންދާނެކަމަށާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން އިސްކޮށް، ގުޅިގެން، ދެމެހެއްޓެނިވި ގޮތެއްގައި އެކުގައި މަސައްކަތްކުރެވޭނެ އިންތިޒާމުތަކެއް ތައާރަފު ކުރެވިގެންދާނެކަމަށް ވިދާޅުވިއެވެ. 

އަވަށްޓެރި ފުލުހުންގެ ހިދުމަތް ދިނުމުގެ އޮނިގަނޑުގެ ތެރޭގައި ވަރަށް މުހިންމު ހަތަރުކަމެއް ހިމެނިފައިވާކަމަށާ އެއީ އަމާންކަން ގާއިމުކުރުމާއި އެކުގައި ގުޅިގެން ހިދުމަތް ދިނުމާއި އިތުރުބާރު ގާއިމުކުރުމާއި އިހުތިރާމާއެކު އަމަލުކުރުން އަދި މުއާމަލާތު ކުރުންކަމުގައި ކޮމިޝަނަރ ވިދާޅުވިއެވެ. އަދި މި އަސާސް ތަކާއި އެކުގައި ނެއިބާހޫޑް ޕޮލިސިންގެ އެންމެ މުހިންމު އެއް ކަމަކަށް ވާނީ މުޖްތަމައުގައި ހުރި މައްސަލަތައް ދެނެގަނެ އެފަދަ ކަންކަމަށް ހައްލު ހޯދުން ކަމަށް ވެސް ސީޕީ ވަނީ ވިދާޅުވެފައެވެ.

މި އަތޮޅަކީ ނެއިބާހޫޑް ހިދުމަތް ދޭންފެށި އެންމެ ފުރަތަމަށް އަތޮޅަށް ވާއިރު، ފުލުހުންގެ ފަރާތުން އދ. އަތޮޅުގެ ރައްޔިތުންނަށް އަރުވާ ހަނދާނީ ފިލާ، އެ އަތޮޅުގެ ކައުންސިލާ ކޮމިޝަނާ އޮފް ޕޮލިސް ވަނީ ހަވާލު ކުރައްވާފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް