މި ސާމްޕަލަކީ ކުރީގެ ފިލްމީ ތަރި އަދި ކުރީގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲގެ ސާމްޕަލެވެ. އޭނާ މިހާރު އެރަށަށް ގޮސް ހުރީ ކެމްޕެއިން ދަތުރެއްގައެވެ.
އެގޮތުން މުހައްމާ ސީއެންއެމް އަށް ވިދާޅުވެފައިވަނީ ވަނީ އޭނާގެ ސާމްޕަލް މިއަދު ދެވަނަ ފަހަރަށް ނަގައިފި ކަމަށާއި، ދެވަނަ ފަހަރަށް ސާމްޕަލް ނަގަން ޖެހުނީ ސާމްޕަލް ގެއްލިގެން ކަމަށް ސިއްހީ މަރުކަޒުން ބުނި ކަމަށެވެ.
މިކަމާ ގުޅިގެން އިހަވަންދޫ ހެލްތު ސެންޓަރުގެ މެނޭޖާ ވިދާޅުވީ އަލުން ސާމްޕަލް ނެގީ ސީދާ ގެއްލިގެންނޭ ބުނެވެން ނެތް ކަމަށެވެ. ނަމަވެސް ދެވަނަ ފަހަރަށް ސާމްޕަލް ނެގި ކަމަށާއި އެއީ ކީއްވެގެން ކަން ބުނެވެން ނެތް ކަމަށް ބުނެފައިވެއެވެ.