ލިންކް ސާވްގެ ކުރީގެ އައުޓްލެޓް މާފަންނު ކަނބާ އައިސާރަނި ހިނގުމުގައި ހުންނާތީ ހެންވޭރުގައި އުޅޭ ކަސްޓަމަރުންނަށް އެފަރާތުގެ ހިދުމަތް ހޯދުމަށް ދަތި ތަކެއް ކުރިމަތި ވަމުން ދިޔަ ނަމަވެސް، މިހާރު މާލޭގެ މެދަށް ވާގޮތައް ލޮނުޒިޔާރަތް މަގުގައި ހުޅުވި މި އާ އައުޓްލެޓާއެކު މާލޭގެ ދެކޮޅުގައި އުޅޭ ކަސްޓަމަރުންނަށް ވެސް އެތަނުގެ ހިދުމަތްތައް ހޯދުމަށް ފަސޭހަވާނެ ކަމަށް ލިންކު ސާވުން ބުނެއެވެ. އެ އައުޓްލެޓް ހުންނާނީ ލޮނުޒިޔާރަތް މަގު ގަލޮޅު ވީބީ މާޓް ކައިރީގައެވެ.
ލިންކް ސާވްގެ އައުޓްލެޓު ހުންނަތަން ބަދަލުވުމާއެކު އެތަނުން ދެމުން އައި ހިދުމަތްތަކަށް ވަނީ ކުޑަ ބަދަލެއް އައިސްފައެވެ. އެގޮތުން ކުރީގައި ހޯލްސޭލް އަދި ރީޓެއިލް ފިހާރަ އެއްގެ ގޮތުގައި ހިންގަމުން އައި ނަމަވެސް މި އައުޓްލެޓް ފެނިގެން ދާނީ ޝޯރޫމެއްގެ ގޮތުގައެވެ.
މީގެ އިތުރުން ލިންކް ސާވަކީ އައިޓީ، ޓެލެކޮމް އަދި ސެކިއުރިޓީ ސާމާނު ވިއްކުމަށް ރާއްޖޭގައި މަޝްހޫރު ކުންފުންޏަކަށް ވާއިރު، މި އައުޓްލެޓާއެކު ހޯމް އޮޓޮމައިޒޭޝަން އަދި ސްމާޓް ޕްރޮޑަކްޓްސް ވެސް ފުޅާ ދާއިރާއެއްގައި ވިއްކަމުން ދާނެ ކަމަށް ކުންފުނީގެ މެނޭޖިން ޑިރެކްޓާ އިބްރާހިމް ފާއިޒް ވިދާޅުވިއެވެ.