ads
އެސްޓީއޯ ހެޑް އޮފީސް - ފޮޓޯ: ކޯޕޮރޭޓް މޯލްޑިވްސް
އެސްޓީއޯއަށް ތިންވަނަ ކުއާޓަރުގައި އާމްދަނީގެ ގޮތުގައި 6.48 ބިލިއަން ރުފިޔާ
އެސްޓީއޯއަށް މި އަހަރުގެ ތިންވަނަ ކުއާޓަރުގައި އާމްދަނީގެ ގޮތުގައި 6.48 ބިލިއަން ރުފިޔާ ލިބިއްޖެ އެވެ.
Advertisement

އެސްޓީއޯ އިން އާންމުކުރި މި އަހަރުގެ ތިންވަނަ ކުއާޓަރުގެ މާލީ ހިސާބުތަކަށް ބަލާއިރު މިއީ މީގެ ކުރީ ކުއާޓަރާއި އަޅާބަލާއިއިރު ހަތް އިންސައްތައިގެ ދަށްވުމެކެވެ.

އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތަކަށް އައި ބަދަލާއިއެކު ތެލުގެ އަގު މި ކުއާޓަރުގައި ދަށްވުމެވެ. ތެލުގެ އަގު ދަށްވި ނަމަވެސް، ތެޔޮ ވިކުނު އަދަދު ވަނީ އޭގެ ކުރީ ކުއާޓަރާއި އަޅާބަލާއިރު އިތުރުވެފަ އެވެ. އަދި ކުންފުނީގެ އެހެނިހެން ވިޔަފާރިތަކުން ލިބުނު އާމްދަނީ އިތުރުވެ، މިދިޔަ ކުއާޓަރުގައި ޖުމްލަ ފައިދާގެ ގޮތުގައި ވަނީ 738 މިލިއަން ރުފިޔާ ލިބިފަ އެވެ.

މި އަހަރުގެ ތިން ވަނަ ކުއާޓާގައި ހިންގުމުގެ ފައިދާގެ ގޮތުގައި ވަނީ 400 މިލިއަން ރުފިޔާ ލިބިފަ އެވެ. މިއީ، މީގެ ކުރީ ކުއާޓަރާ އަޅާ ބަލާއިރު 23 ޕަސެންޓުގެ އިތުރުވުމެކެވެ. މީގެ މައިގަނޑު ސަބަބަކީ މެޑިކަލް ސެގްމަންޓްގެ ރިސްޓްރަކްޗާއާ ގުޅިގެން ހަރަދު ކުޑަކުރެވުމާއި އަދި އެހެނިހެން ހަރަދުތައް ވެސް ޖުމްލަކޮށް ކުޑަކުރެވިފައިވުން ކަމަށް އެސްޓީއޯ އިން ބުންޏެވެ.   

ޖުމްލަ ފައިދާ ދަށްވި ނަމަވެސް އިދާރީ ހިންގުމުގެ ހަރަދު ކުޑަކުރެވުމާއިއެކު ތިންވަނަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި ވަނީ 352 މިލިއަން ރުފިޔާ ލިބިފަ އެވެ. މިއީ މީގެ ކުރީ ކުއާޓަރާއި އަޅާ ބަލާއިރު ފަސް އިންސައްތައިގެ އިތުރުވުމެކެވެ.

ޓެކުހަށް ކެނޑުމަށްފަހު، މި ކުއާޓަރުގެ ސާފު ފައިދާގެ ގޮތުގައި ވަނީ 281 މިލިއަން ރުފިޔާ ލިބިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް