ads
ފޮޓޯ--އެމްޓީސީސީ
މުލަކު ގޮނޑުދޮށް ހިމާޔަތް ކުރުމާއި މަސްބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫ ފަށައިފި
މ. މުލަކު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއާއި މަސްބަނދަރު ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.
Advertisement

މުލަކު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއާއި މަސްބަނދަރު ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް އެ ރަށުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ ބޮޑު ޒިންމާއެއް ކަމަށާއި މިއަދު އެމްޓީސީސީގެ މުވައްޒަފުންގެ ބުރަ މަސައްކަތުން ރައްޔިތުންގެ އިތުބާރު ހޯދާފައިވާ ކަމަށެވެ.


"އެމްޓީސީސީއަކީ މަސައްކަތް ފަށައިގެން ބުނާ ތާރީހަށް ނިންމާ ބައެއް.މި ދެ މަޝްރޫއު ވެސް ކަނޑައެޅިފައިވާ ތާރީހަށް ނިމިގެންދާނެ.އެމްޓީސީސީން އަމާޒު ހިފާފައިވަނީ އަވަސް ތަރައްގީ ގެންނަން ކަމަށާއި އެމްޓީސީސީން މި މަސައްކަތް އެހެން ހަރުފަތަކަށް ގެންދާނެ." އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވި އެވެ.

އެމްޓީސީސީއަށް އިތުބާރުކޮށް ތަރައްގީގެ މަޝްރޫއުތައް ސަރުކާރުން ހަވާލު ކުރާ ކަމަށާއި އެ އިތުބާރު ކުންފުނިން ގެއްލުވާ ނުލާނެ ކަމަށާއި މީގެ ކުރިން ބަނދަރުގެ މަސައްކަތްތައް ނިމެނީ ދެ އަހަރުން ކަމަށާއި ނަމަވެސް މިހާރު އެމްޓީސީސީން އަހަރެއްހާ ދުވަހުގެ ތެރޭގައި ބަނދަރުގެ މަަސައްކަތް ނިންމާ ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.

your imageފޮޓޯ--އެމްޓީސީސީ

މ. މުލަކު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއަކީ ޕްލޭނިން މިނިސްްޓްރީން މާޗް މަހުގެ 29 ވަނަ ދުވަހުގައި އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއަކަށްވާއިރު އެ މަޝްރޫއުގެ ދަށުން 411.90 މީޓަރުގެ ސަރަހައްދެއްގައި ޖިއޯބޭގްް ރިވެޓްމަންޓް ޖެހުމަށް ނިންމާފައިވާ ކަމަށް އެމްޓީސީސީން ބުނެއެވެ. 

އެ މަޝްރޫއުގެ އަގަކީ 17.66 މިލިއަން ރުފިޔާ ކަމަށް ވާއިރުގައި 105 ދުވަސް ތެރޭގައި އެ މަޝްރޫގެ މަސައްކަތް ނިންމުމަށް އެމްޓީސީސީއިން ވަނީ އަމާޒު ހިފާފަ އެވެ.

މަސްބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު އެމްޓީސީސީ އާފެބްރުވަރީ 11 ގައި ހަވާލުކޮށްފައިވާއިރު އެ މަޝްރޫއުގެ ދަށުން 22،240 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމާއި 8،640 ކިއުބިކް މީޓަރުގެ ސަރަހައްދެއްގައި ބަނދަރު ފުންކުރުމާއި 160 މީޓަރު ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި 68.90 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި 3،200 އަކަމީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމަށް ނިންމާފައިވާ ކަަމަށް ވެސް އެމްޓީސީސީން ވަނީ ބުނެފައެވެ.

އެ މަޝްރޫއުގެ މަސައްކަތް ނިންމުމަށް 300 ދުވަސް ހަމަޖެހިފައިވާއިރުގައި އެ މަޝްރޫއުގެ އަގަކީ 56.14 މިލިއަން ރުފިޔާއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް