ads
ފޮޓޯ--އެމްޓީސީސީ
އެއް އަހަރު ތެރޭ މުލީ އެއާޕޯޓް ނިމެނޭ: އާޒިމް
މިއަންނަ އަހަރުގެ އޭޕްރިލް މަސް ނިމުމުގެ ކުރިން މ. މުލީ އެއާޕޯޓްގެ މަސައްކަތް ނިމޭނެ ކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

މިހެންކަމުން އެ އެއާޕޯޓު އެޅުމަށް ހޭދަވާނީ އަހަރެކެވެ.

މ.އެއާޕޯޓް ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު މިއަދު ވަނީ ބާއްވާފަ އެވެ.އެ ރަސްމިއްޔާތުގައި ސީއީއޯ އާދަމް އާޒިމްއާއި އެމްޓީސީސީގެ އިސްވެރިންގެ އިތުރުން ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަންއާއި، މ. މުލި ކައުންސިލްގެ ރައީސް އަހުމަދު ޝާތިރާއި މުލަކު ދާއިރާގެ މެމްބަރު އިބްރާހިމް ނަސީރު ބައިވެރިވެވަޑައިގެންނެވިއެވެ. 

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އާދަމް އާޒިމް ވިދާޅުވީ ރަންވޭ އެކަނި އެޅުމަށްފަހު މުލީގެ ރައްޔިތުންނަށް އެއާޕޯޓް ދޫކޮށްނުލާނެ ކަމަށެވެ. އަދި އެމްޓީސީސީން ބުނާ ދުވަހާއި ގަޑި ދިމާ ކުރާނެ ކަަމަށެވެ. 

"ގައުމަށް ހިދުމަތް ކޮށްދޭން ލިބިފައިވާ ފުރުސަތުގައި ރައްޔިތުންނަށް ފުރިހަމައަށް ހިދުމަތް ފޯރުކޮށްދޭން ޖެހޭނެ."އާޒިމް ވިދާޅުވިއެވެ.

your imageފޮޓޯ--އެމްޓީސީސީ

ރައީސް ބޭނުންފުޅުވަނީ އަވަސް ތަރައްގީ ގެންނަންކަމަށާއި ރައްޔިތުން ޓެކްސް ފައިސާ ދޭ ކަން ފާހަގަކުރަމުން އާޒިމް ވިދާޅުވީ އެހެންކަމުން އެ ރައްޔިތުން ބޭނުންވާ މަޝްރޫއުތައް ކުރިއަށް ގެންގޮސްދޭން ޖެހޭނެ ކަމަށެވެ. 

"އެމްޓީސީސީ އަކީ މޫސުމީ ކުންފުންޏެއް ނޫން. މިދިޔަ އަހަރު އެކަނިވެސް 38 ޕްރޮޖެކްޓްގެ މަސައްކަތް ކުންފުނިން ނިންމާފައިވާނެ."އާޒިމް ވިދާޅުވިއެވެ.

މ. އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގައި ސޮއިކުރެވުނީޗ މިއަހަރުގެ ފެބްރުވަރީ މަހުގެ 28 ވަނަ ދުވަހުއެވެ. އެ މަޝްރޫއުގެ ދަށުން، 14 ހެކްޓަރުގެ ބިން ހިއްކުމާއި، 1812 މީޓަރުގެ ސަރަހައްދެއްގެ ގޮނޑުދޮށް ހިމާޔަތް ކުރުމާއި، 1200 މީޓަރު ދިގު 30 މީޓަރު ފުޅާ ރަންވޭއެއް ގާއިމުކުރުމާއި، ޓެކްސީވޭ އަކާއި އޭޕްރަންއެއް އެޅުމުގެ މަސައްކަތް ހިމެނެއެވެ. 

އެ މަޝްރޫއަކީ 733.221 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. އަދި އެ މަޝްރޫއު ނިންމުމަށް ހަމަޖެހިފައިވަނީ 365 ދުވަހުގެ ތެރޭގައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް