ads
ކުރީގެ މިނިސްޓަރު މަލީހު އަދި ރައީސް ނަޝީދު
އެމްޑީޕީން ފޮނި ބައިސާ ކަނޑާތާ 18 އަަހަރު ވެއްޖެ: މަލީހު
އެމްޑީޕީން ފޮނި ބައިސާ ކަނޑާތާ 18 އަަހަރު ވެއްޖެކަމަށް ކުރީގެ ސައިންސް އެންޑް ކޮމިއުނިކޭޝަންސް މިނިސްޓަރު މަލީހު ޖަމާލް ވިދާޅުވެއްޖެއެވެ.
Advertisement

މަލީހު މިރޭ ވިދާޅުވީ "ރަށު ބަނދަރުން ރައްޔިތުން ވީއްލާނެ ކަމަށް" އެމްޑީޕީން ބުނާތާ 18 އަހަރު ވެއްޖެކަމަށެވެ. ނަމަވެސް އެކަން ކުރީ ޕީޕީއެމް ސަރުކާރަކުން ކަަމަށް މަލީހު ވިދާޅުވިއެވެ. މަލީހު ވިދާޅުވީ އެމްޑީޕީން ވަނީ ހޮޅި ވައުދު ކަމަށެވެ. 

"ހުސް ހޮޅި ވައުދު. މާލެ ބަންދުން ރައްޔިތުން ވީއްލާ އައިސް ކްރީމް ބޯން ހުޅުމާލެއަށް ދެވޭގޮތް ހަދާދިނީ ޕީޕީއެމް ފިކުރުން. ދޯނި ފެރީއަަށް ނާރާ ކާރުން ރާސްލާފަ އެއާރޕޯޓްއަށް ދެވޭގޮތް ހެދީ ޕީޕީއެމް އިން،" މަލީހު ވިދާޅުވިއެވެ.

އެމްޑީޕީގެ ޕާލިމެންޓަރީ ގުރޫޕުން ފާސްކޮށްގެން ހުށަހެޅި އިތުބާރުނެތްކަމުގެ މައްސަލަ ފާސްވުމާއެކު މަލީހުގެ މިނިސްޓަރުކަމުގެ ގޮނޑި ގެއްލުނު ފަހުން މަލީހު ގެންދަވަނީ ވަރަށް ބޮޑަށް އެމްޑީޕީއަށް ފާޑު ވިދާޅުވަމުންނެވެ. 

ރައްޔިތުންގެ މަޖިލީހުން މިނިސްޓަރުންނަށް ބިރު ދައްކައި، އިސްތިއުފާ ދޭން މަޖުބޫރު ކުރާކަމަށް ބުނެ ކުރީގެ ކޮމިއުނިކޭޝަންސް މިނިސްޓަރު މުހައްމަދު މަލީހުގެ ޖަމާލު ދެއްކެވި ވާހަކަތަކަކީ އެެއްވެސް އަސާސެއްގެ މައްޗަށް ބިނާ ނުކޮށް ދެއްކެވި ވާހަކަތަކެއް ކަމަށް ކަަނޑައަޅައި ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒު ކޮމެޓީން މަޖިލީހުގެ ރިޔާސަތުގައި އެދުމަށް ވަނީ ނިންމާފައެވެ. 

ކޮމިއުނިކޭޝަންސް ސައިންސް އެންޑް ޓެކްނޮލޮޖީގެ މަގާމުގައި ހުންނެވިއިރު އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ވޯޓު ނެގި ދުވަހު، މަޖިލީހުގައި ވާހަކަ ދައްކަވަމުން، "ރައްޔިތުންގެ މަޖިލީހުން ކަނޑައެޅިގެން ވަޒީރުންނާއި ސަރުކާރަށް ބިރު ދައްކާކަމަށާއި، ތަކުރާރުކޮށް އެކި އެކި ވަޒީރުންނާ އެ ބޭފުޅުންގެ މަސްއޫލިއްޔަތު އަދާކުރުމަށް ހުރަސް އަޅާ ބިރުދައްކަމުން ދާ ކަމަށާއި، މިގޮތުން ކުރީގެ ޖެންޑާ އެންޑް ފެމިލީ އެންސް ސޯސަލް ސާވިސަސް ސިދާތާ ޝަރީފް އިސްތިއުފާ ދިނުމަށް މަޖުބޫރު ކުރި ކަމަށް،" މަލީހު ވަނީ ތުހުމަތު ކުރައްވާފައެވެ. 

އެމައްސަލައިގައި މަލީހު މަޖިލީހުގެ އިމްތިޔާޒު ކޮމެޓީއަށް ވެސް ހާޒިރުކޮށް ޖަވާބު ދާރީވާން ފުރުސަތު ދިނެވެ.  

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް