ads
ރައީސް އަދި މަބްރޫކް
ރޯދަމަހަށް ކާބޯތަކޭތީގެ އަގު ކޮންޓްރޯލް ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރާނަން: މަބްރޫކް
ރޯދަމަހަށް ކާބޯތަކޭތީގެ އަގު ކޮންޓްރޯލް ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަަށް ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

މިއަދު ރައީސް އޮފީހުން ބޭއްވި ޕްރެސް ކޮންފަރެންސްގައި މަބްރޫކް ވިދާޅުވީ، ކާބޯތަކެތީގެ އަގު ކޮންޓްރޯލް ކުރުމަށް އިކޮނޮމިކް މިިިނިސްޓްރީން ވެސް މަސައްކަތްތަކެއް ކުރަމުން އަންނަކަމަށެވެ. 

ރާއްޖޭގެ އެކި ސަރަހައްދު ތަކުގައި ހުންނަ ބިޒްނަސް ސެންޓަރުތައް ބޭނުން ކޮށްގެން ހަނޑޫ، ހަކުރު އަދި ފުށުގެ އަގު ބޭނުންވާ ރޭންޖުގައި ހިފެހެއްޓިފައި ވޭތޯ ބަލާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ. 

" ހަނޑޫ، ހަކުރު، ފުށުގެ އިތުރުން ފިޔާ، އަލުވި އަދި ބިސް ވެސް ރަނގަޅު އަދަދަކަށް މިހާރު އެސްޓީއޯގައި އެބަ ހުރި. މި ތަކެތީގެ އިތުރު ޝިޕްމެންޓް ތަކެއްގެ ގެނައުމުގެ މަސައްކަތް މިހާރު ވެސް ކުރިއަށް އެބަދޭ،" - މަބްރޫކް -

އެގޮތުން އެއް ލައްކަ އަށް ވުރެ ގިނަ ބަސްތާ ހަނޑުލާ، 50 ހާހަށް ވުރެ ގިނަ ބަސްތާ ފުށާ، 27 ހާހަށްވުރެ ގިނަ ބަސްތާ ހަކުރު މިހާރުވެސް އެބަހުރި ކަމަށް މަބްރޫކު ވިދާޅުވިއެވެ.

"މިހާރުން ފެށިގެން ރާއްޖޭގެ ހުރިހާ ހިސާބަކަށް އަލުވި، ފިޔާ އަދި ބިސް ފޯރުކޮސްދެމުން ދާ ކަމަށާއި، އެހެން ކަމުން ރޯދަ މަހުގެ ތެރޭގައި މި ތަކެތި ހުސް ނުވެ، އަގަށް ބަދަލު ނައިސް ލިބެން ހުންނާނެ ކަމަށް ވެސް އެބޭފުޅާ ފާހަގަ ކުރެއްވި،"

މީގެ އިތުރުން ބެރުން ގެންނަ ޝިޕްމެންޓް ތައް ގެނައުމުގައި ދިމާވާ ދަތިތައް ހައްލު ކުރުމަށް ވަގުތުން ވަގުތަށް ކުރެވެން ހުރި ހުރިހާ ކަމެއް މިހާރު އިކޮނޮމިކް މިނިސްޓްރީއިން ކޮށްފައިވާ ކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ.

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް