ads
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އަޅާ ހިޔާ ފްލެޓްތައް--- ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް
ޑައުން ޕޭމަންޓު ނުދައްކާ ވެސް ހިޔާ ފްލެޓްތަކަށް ވަދެވޭނެ
ޑައުންޕޭމަންޑު ނުދައްކާވެސް ހިޔާ ފްލެޓްތަކަށް ވަދެވޭނެ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަސްލަމް ވިދާޅުވީ ހިޔާ ފްލެޓްތައް ލިބިފައިވާ ފަރާތްތަކަށް ޑައުންޕޭމަންޓު ނުދައްވާ ވެސް ފްލެޓްތަކަށް ވަދެވޭނެ ކަމަށެވެ.

ޑައުންޕޭމަންޓު ނުދައްކާ ފްލެޓްތަކަށް ވަންނަ ފަރާތްތަކުން 25 އަހަރު ދުވަސް ވަންދެން މަހަކަށް 7500 ދައްކަން ޖެހޭނެ ކަމަށާއި ޑައުންޕޭމަންޓޭއް ދައްކައިގެން ފްލެޓްތަކަށް ވަންނަށް ބޭނުންވާ މީހުންނަށް ދެ އޮޕްޝަނެއް ދިނުމަސް ސަރުކާރުން ވަނީ ކަނޑައަޅާފައި ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އެ ދެ އޮޕްޝަނަކީ ކޮބައިކަން އަދި ނޭންގޭ ކަމަށާއި އެ އުސޫލުތައް ހަމަޖެއްސުމަށް ފިނޭންސް މިނިސްޓަރީއާ އެޗްޑީސީއިން މަސައްކަތް ކުރަމުންދާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އަސްލަމް ވިދާޅުވީ ހިޔާ ފްލެޓަށް ވަންނަ އިރުގައި ޑައުންޕޭމަންޓެއް ދައްކައިފިނަ މަހަކު ދައްކަން ޖެހޭ އަދަދު 7500 އަށްވުރެ ކުޑަވާނޭ ކަމަށާއި އެންމެ ބޮޑުވެގެން ވެސް ހިޔާ ފްލެޓްތަކުގެ ޕޭމަންޓުގެ ގޮތުގައި މަހަކަށް ދައްކަން ޖެހޭީ 7500 ކަމަށާއި އެއީ ޑައުންޕޭމަންޓު ނުދައްކައިފިނަމަ ކަމަށެވެ.

ހިޔާ ފްލެޓްތަކުގެ އަސްލު ޖެހުނު އަގާ ބަލާއިރުގައި ރަށްޔިތުންގެ އަތުން ނަގަން ނިންމާފައިވަނީ ކުޑަމިންވަރެއް ކަމަށާއި އެޗްޑީއަށް މިކަމުގެ ސަބަބުން ނަގަންޖެހޭ ޒިންމާ ބޮޑުވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް