ކޮވިޑުން ދިފާއުވުމަށް އިންޑިއާގައި ހުޅުވާލާފައިވާ އުމުރުތަކުގައި ހިމެނޭ ތަރިން ދަނީ ވެކްސިން ޖަހަމުން ނެވެ. އެގޮތުން ފުތަރަމަ ޑޯޒް ގިނަ ތަރިންތަކެއް ވަނީ ޖަހާފަ އެވެ.
ބޮލީވުޑްގެ މަޝްހޫރު ތަރިއެއް ކަމަށްވާ ކަންގަނާ ވެސް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފަ އެވެ. އަދި ދެވަނަ ޑޯޒް ޖެހުމަށް އޭނާ ހުރީ ކެތްމަދުވެފައި ކަމަށް ވެސް ކަންގަނާ ވަނީ ބުނެފަ އެވެ.
އޭނާ އެހެން ބުނެފައި ވަނީ އޭނާގެ މައިންބަފައިން ކޮވިޑުގެ ދެވަނަ ޑޯޒް ޖަހާފައިވާކަން ހާމަކުރަމުން ނެވެ. ކަންގަނާ ބުނެފައި ވަނީ އޭނާގެ މަންމަމެން މިހާރު ކޮވިޑްގެ ދެވަނަ ޑޯޒް ޖަހާފައި ކަމަށާއި އެމީހުންގެ ހާލަތު ރަނގަޅު ކަމަށެވެ.
އަދި އޭނާ ވެކްސިންގެ ދެވަނަ ޑޯޒް ޖެހުމަށް އިންތިޒާރު ކުރާ ކަމަށް ވެސް ކަންގަނާ ބުނެފައި ވެއެވެ.