އިންޑިއާގެ އެތަށް ފިރިހެނެއް ޕްރިތީއަށް ޓަކާ ފިދާވާން ހުއްޓާ، އޭނާ ކައިވެނި ކޮށްފައި ވަނީ ބޭރުމީހަކަ ށެވެ. ޖީން ގުޑްނޯ އާއި ޕްރިތީ ކައިވެނިކޮށްފައިވަނީ 2016 ވަނަ އަހަރުގެ ފެބްރުވަރީ މަހުގެ 29 ވަނަ ދުވަހުގަ އެވެ.
އެ ދެމީހުންގެ ކައިވެންޏަށް މިހާރު ހަ އަހަރުވެފައި ވާއިރުގައި އެ ޖޯޑުގެ ލޯބި ކަމުގެ ވާހަކަ އެއީ ގިނަ ބަޔަކު ދައްކާ ވާހަކަ އެވެ.
ޖީން އަދި ޕްރިތީއަށް ދަރިއެއް ލިބިފައެއް ނުވެއެވެ. ނަމަވެސް އެމީހުން ކުއްޖެއް ހޯދުމުގެ ވިސްނުން ގެންގުޅޭކަމަށް ޕްރިތީ ބުނެފައި ވެއެވެ.
ޖީން އަކީ ލޮސް އެންޖަލިސްއަށް ނިސްބަތްވާ 46 އަހަރުގެ ޒުވާނެކެވެ.
އޭނާ ވަނީ ޕްރިތީގެ ކުރީގެ ލޯބިވެރިއާ އޭނާއަށް އަނިޔާ ކުރި މަންޒަރު ލޮލުން ފެނުނު ކަމަށް ކޯޓުގައި ހެކި ބަސް ދިން މީހެކެވެ.