ads
ފުލުހުންނަށް ބޭއްވި ދަރުހުގެ ތެރެއިން
ފުލުހުންނަށް ދަރުހެއް ދީފި
ފުލުހުންގެ މުއައްސަސާގައި މަސައްކަތް ކުރާ މުވައްޒަފުން ދީނީ ގޮތުން ހޭލުންތެރި ކުރުވުމަށާއި، ރޯދަ މަހަށް ތައްޔާރު ވުމުގެ ގޮތުން ދީނީ ދަރުހެއް ދީފިއެވެ.

މި ދަރުހަކީ ފުލުހުންގެ އިދާރާއާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް ގުޅިގެން ހިންގި ހަރަކާތެކެވެ. 

އިސްކަންދަރު ކޮށީގައި މި ދަރުސް ބޭއްވި ''އީމާން ކަމާއި މާތްﷲގެ އެއްކައުވަންތަކަން'' މި ނަމުގައެވެ. ދަރުހުގައި މައުލޫމާތު ދެއްވާފައި ވަނީ އައްޝެއިހް އިލްޔާސް ޖަމާލްއާއި، އައްޝެއިހް އަލީ ޒާހިރު ބިން ސައީދު ގާސިމްއެވެ. 

މި ދަރުހުގައި ޝެއިހް އިލްޔާސް، މާތްﷲ އިންސާނާ އުފެއްދެވިގޮތާއި ނަސްލުތައް އުފެދިގެން އައި ގޮތާ ގުޅޭގޮތުން މައުލޫމާތު ހިއްސާކުރެއްވިއެވެ. އަދި މާތްﷲ ގެ މަތިވެރިކަމާއި، ހުރިހާ ތަނެއްގައި ވެސް އެކަލާނގެ ވޮޑިގެންވާކަމާއި، އެކަލާނގެއަކީ ޣައިބުގައިވާ ކަންކަން އެންމެ މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެ ކަމަށާއި، ޣައިބުގައިވާ ކަންކަމުގެ ތެރެއިން ޒައްރެއްގެ މިންވަރުވެސް އެކަލާނގެއަށް ވަންހަނާވެގެން ނުވާކަމަށާއި، ކޮންމެ މީހަކުވެސް އެކަލާނގެ އެންގެވި ގޮތަށް އާޚިރަތަށް މަސައްކަތްކުރުމަށް ގޮވައިލެއްވިއެވެ.

މީގެ އިތުރުން އިންސާނުން ދުނިޔެއަށް ފޮނުއްވާފައި ވަނީ ވަރަށް މާތް މަތިވެރި މަގްސަދެއްގައި ކަމަށާއި، މިކަމުގާ އިންސީންނާއި ޖިންނީންވެސް އިސްތިސްނާ ނުވާ ކަމަށް ވެސް ޝެއިހް އިލްޔާސް ފާހަގަ ކުރެއްވިއެވެ. 

ޝެއިހް އަލީ ޒާހިރު ވިދާޅުވީ ފުރިހަމަ ތައުބާ އަކުން ތައުބާވެ މި ރޯދަ މަހާއި ކުރިމަތި ލާން ޖެހޭނެ ކަމަށާއި ކޮނެމރޯދަ މަހަކީވެސސް ތިމާގެ އެންމެ ފަހު ރޯދަ މަހުގެ ގޮތުގައި ދެކެން ވާނެ ކަމަށެވެ. އަދި ދޫ ރައްކާތެރި ކުރުމަށާއި ޒިކުރު ކުރުމަށް ދަންނަވަމުން، މި ރޯދަ މަހުގައި ހެޔޮ އަމަލު ކުރުމުގައި ދެމި ތިބުމަށް ޝެއިހް އަލީ ޒާހިރު ވަނީ ނަސޭހަތްތެރި ވެފައެވެ. 

މި ދަރުހަކީ ފުލުހުންގެ ޕްރޮފެޝަނަލް ސްޓެންޑަރޑްސް ކޮމާންޑުން އިންތިޒާމްކޮށްގެން ބޭއްވި ދަރުހެކެވެ. ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަލީ ރަޝީދުއާއި ފުލުހުންގެ އެކްޒެކެޓިވް އޮފިސަރުންނާއި، ގިނަ އަދަދެއްގެ ފުލުހުންނާއި، ފުލުހުންގެ މުއައްސަސާގައި މަސައްކަތްކުރާ އާއްމު މުއައްޒަފުން މި ދަރުހުގައި ބައިވެރި ވެފައި ވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް