ads
ދިވެހިރާއްޖޭގެ ހައިކޯޓު-
އިންތިހާބާ ގުޅޭ ޝަކުވާ އޮންލައިންކޮށް ހުށަހެޅޭނެ: ހައި ކޯޓު
އަންނަ ހޮނިހިރު ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބާއި ގުޅިގެން ހުރި އިންތިހާބީ ޝަކުވާތައް އޮންލައިންކޮށް ހުށަހެޅޭނެ ކަމަށް ހައިކޯޓުން ބުނެފިއެވެ.

ހައިކޯޓުން ވަނީ އިންތިހާބާއި ގުޅިގެން އެކޯޓުން ހިދުމަތް ދިނުމަށް ނިންމާފައިވާގޮތް އާންމު ކުރުމަށް އިއުލާނެއްނެރެފައެވެ.

އެގޮތުންއިންތިހާބީ ޝަކުވާގެ މައްސަލަތައް ފުރަތަމަ މަރުހަލާގައި ބެލުމުގެ އިހުތިސާސް ލިބިފައިވަނީ އެ ކޯޓަށް ކަމަށް ހައި ކޯޓުން ފާހަގަ ކޮށްފައިވެއެވެ.

އެގޮތުން އަންނަ ހޮނިހިރު ދުވަހު ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ ޝަކުވާގެ މައްސަލަތައް ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކަށް ފަސޭހައިން އެކަން ކުރެވޭނެ އިންތިޒާމްތައް ހަމަޖައްސާފައިވާ ކަމަށް ހައި ކޯޓުން ބުނެފައިވެއެވެ.

ހައި ކޯޓުން މައުލޫމާތު ދިން ގޮތުގައި ހޮނިހިރު، އާދިއްތަ އަދި ހޯމަ ދުވަހު ހެނދުނު 9:00 އިން ރޭގަނޑު 22:00ގެ ނިޔަލަށް ހައިކޯޓުގެ ރިސެޕްޝަން ހުޅުވާފައި ހުންނާނެއެވެ. މީގެ އިތުރުން އަންނަ ހޯމަ ދުވަހަކީ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަށް ވެއްޖެނަމަ، އެދުވަހު ހައިކޯޓުގެ ރިސެޕްޝަން ހުޅުވާފައި ހުންނާނީ ހެނދުނު 90:00 އިން މެންދުރު ފަހު 15:00 އަށް އަދި ރޭގަނޑު 21:00 އިން 23:00 އަށް ކަމަށް ހައިކޯޓުން މައުލޫމާތު ދެއެވެ. 

މީގެ އިތުރުން އިންތިހާބާއި ގުޅޭ މައުލޫމާތު އޮންލައިންކޮށް ހުށަހެޅޭނެ ކަމަށް ހައިކޯޓުން ބުނެއެވެ. އެގޮތުން [email protected] އަށް ޝަކުވާތައް މެއިލް ކުރެވޭނެ ކަމަށް ހައިކޯޓުން ބުނެއެވެ. އަދި އެހެން ގަޑިއެއްގައި މައުލޫމާތު ސާފު ކުރަން ބޭނުންނަމަ 7902206އަށް ގުޅައިގެން މައުލޫމާތު ހޯދޭނެ ކަމަށް ހައިކޯޓުން ބުނެއެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް