ads
އީގަލްސްއާ ތިމްޕޫ މެޗުގެ ތެރެއިން
އީގަލްސް- އަބަހާނީ މެޗު؛ ވާނުވާއެއް އަދި ނޭނގޭ
އޭއެފްސީ ކަޕު ޕްރިލިމިނަރީ ސްޓޭޖުގައި ރާއްޖޭގެ ކްލަބު އީގަލްސްއާ، ބަންގްލަދޭޝްގެ ޑާކާ އަބަހާނީ ކުޅޭ މެޗު އޮންނަނީ އަންނަ ބުދަ ދުވަހުއެވެ. އޭއެފްސީ މިހާރު ކަނޑައަޅާފައިވާ ގޮތުން މި މެޗު އޮންނާނީ އަންނަ ބުދަ ދުވަހު ޑާކާގައެވެ.

މިހާރު ކަނޑައަޅާފައި އޮތް ގޮތުން ޑާކާގައި އަންނަ ބުދަ ދުވަހު މެޗު ކުޅެން ހަމަ ޖައްސާފައި އޮތްނަމަވެސް، ޑާކާގައި ކޮވިޑުގެ ހާލަތު އޮތް ގޮތުން އެ ދުވަހު ޑާކާގައި އެ މެޗު ކުޅެވޭނެ ކަމުގެ އެއްވެސް ޔަގީންކަމެއް އަދި ނެތެވެ. ޑާކާގައި ހާލަތު ގޯސްވެ، ލޮކްޑައުންކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އެހެންކަމުން އެ ހާލަތުގައި ޑާކާގައި މެޗު ކުޅެން އޭއެފްސީން އެއްބަސްވެދާނެތޯ އެއީ ސުވާލު އުފެދިފައި އޮތް ކަމެކެވެ. އަނެއްކޮޅުން ޑާކާއަށް އެތެރެވޭ މީހުން ސާދަ ދުވަހުގެ ކަރަންޓީނެއް ފުރިހަމަ ކުރަން ލާޒިމު ކުރާތީ މިހާރު ކަނޑައަޅާފައިވާ ގޮތަށް އެ ދުވަހު ޑާކާގައި މެޗު ކުޅެވިދާނެ ކަމާމެދު އިތުރަށް ސުވާލު އުފެދިފައިވެއެވެ.

މި މެޗާ ގުޅޭ ގޮތުން އެފްއޭއެމުން އަދި މިހާތަނަށް ރަސްމީކޮށް އެއްޗެއް ބުނެފައި ނެތް ނަމަވެސް އެ މެޗު މާލެއަށް ބަދަލު ކުރެވޭތޯ އެފްއޭއެމުން މަސައްކަތް ކުރަމުން އަންނަކަމަށް ނުރަސްމީކޮށް މައުލޫމާތު ލިބިފައިވެއެވެ. މިކަމާ ގުޅޭ ގޮތުން އެފްއޭއެމްގެ ބަހެއް ނުލިބެއެވެ.

އީގަލްސް ޑާކާ އަބަހާނީއާ ކުޅެން ފުރުސަތު ހޯދީ ޕްރިމިލިނަރީ ފުރަތަމަ މެޗުގައި މާލޭގައި ބޫޓާންގެ ޗެމްޕިއަން ތިމްޕޫ ސިޓީ ދެ ލަނޑު ސުން ލަނޑުން ބަލިކޮށްގެނެވެ. ޑާކާ އަބަހާނީއާ އީގަލްސް ކުޅޭ މެޗުން މޮޅުވާ ޓީމެއް ކުޅެން ޖެހޭނީ އިންޑިޔާގެ ބެންގަލޫރު އެފްސީއާ ނޭޕާލު އާމީ ޓީމު މި މަހުގެ ސާދަވަނަ ދުވަހު ކުޅޭ މެޗުން މޮޅުވާ ބަޔަކާއެވެ. ބެންގަލޫރާ ނޭޕާލު ޓީމުގެ މެޗު އޮންނާނީ ގޯއާގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް