ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. ނަޒްލާ ވިދާޅުވީ، ފެލިވަރާއި ގުޅިފައިވާ ކޮވިޑް ކްލަސްޓާއިން މިހާތަނަށް ޖުމުލަ 459 ކޭސް ފެނިފައިވާ ކަމަށެވެ.
އެއާއެކު މި ކްލަސްޓާއަކީ ރާއްޖޭގައި މިހާތަނަށް ފެނުނު އެންމެ ބޮޑު ކްލަސްޓާ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. އަދި މި ކްލަސްޓާއާއި ގުޅިގެން މިހާތަނަށް ހަތް ރަށަކުން ކޭސްތައް ފެނިފައިވާ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ/
މި ކްލަސްޓާއާއި ގުޅިގެން ކޭސްތައް ފެނިފައިވަނީ ފެލިވަރުގެ އިތުރުން، ހދ. ކުޅުދުއްފުށި، ޅ. ނައިފަރު، ޅ، ހިންނަވަރު، ނ. ހޮޅުދޫ، ޅ. ކުރެންދޫ އަދި ޅ. އޮޅުވެލިފުށިންނެވެ.
ފެލިވަރުން ކޮވިޑް ކޭސްއެއް ފެނުމާއި ގުޅިގެން އެރަށް މިނީޓަރިންގެ ހާލަތަށް ލާފައިވަނީ މިދިޔަ މާޗްމަހު 24ގައެވެ.