ads
ރައީސް ޔާމީންގެ ޝަރީއަތުގެ ތެރެއިން--
މުއިއްޒަށް ވޯޓު ނުލާން ރައީސް ޔާމީން ނުނިންމަވާ: ޕީޕީއެމް
ޑރ. މުއިއްޒަށް ވޯޓު ނުލައްވަން ރައީސް ޔާމީން ނިންމެވި ކަމަށް ބުނެ ރާއްޖޭގެ އޮންލައިން ނޫހުގައި ލިޔެފައިވާ ހަބަރަކީ ހަގީގަތާއި ހިލާފު ދޮގު ހަބަރެއް ކަމަށް އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ބުނެފި އެވެ.

މިއަދު ކުރިއަށްދާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ޕީޕީއެމްގެ ފަރާތުން މާލޭ ސިޓީ ގެ މޭޔަރު ކަމަށް ވާދަ ކުރައްވާޕީޕީއެމް ގެ ނާއިބު ރައީސް ޑރ. މުހައްމަދު މުއިއްޒަށް ވޯޓު ނުލައްވަން ރައީސް ޔާމީން ނިންމަވައިފި ކަމަށް ބުނެ ލިޔެފައިވާ ހަބަރަކީ ހަގީގަތާއި ހިލާފު ދޮގު ހަބަރެއް ކަމުގައި އެ ޕާޓީއިން ނެރުނު ނޫސްބަޔާނެއްގައި ވަނީ ބުނެފަ އެވެ.

އަދި އެފަދަ ގޮތަކަށް އަމަލު ކުރައްވަން ރައީސް ޔާމީން ނިންމަވާފައި ނުވާ ކަމުގެ ކަށަވަރުކަން ރައީސް ޔާމީންގެ ލޯޔަރުން ގެ ޓީމުން ވެސް ވަނީ އެޕާޓީއަށް ދީފައި ކަމަށާއި، ޑރ މުއިއްޒު އެކޭ އެއްފަދައިން މިފަހަރުގެ ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގައި ވާދަ ކުރާ ހުރިހާ ކެންޑިޑޭޓުންނަށްވެސް ރައީސް ޔާމީން ގެ ފުރިހަމަ ތާއީދާއި އިތުބާރު އޮތް ކަމުގެ ކަށަވަރުކަން އެމަނިކުފާނުގެ ލޯޔަރުންގެ ޓީމުންނާއި އެ ކޯލިޝަންގެ ލީޑާޝިޕްގެ ފަރާތުން ދޭ ކަމުގައި ވެސް ބުނެފައި ވެއެވެ.

އެހެންކަމުން އެ ނޫހުގައި ޖަހާފައިވާ ހަބަރު ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށާއި އަދި އެފަދަ ހަގީގަތާއި ހިލާފު، ދޮގު ހަބަރު ތައް ނޫސްތަކުގައި ލިޔެގެން އެޕާޓީގެ ފަރާތުން ވާދަ ކުރައްވާ ކެންޑިޑޭޓުންގެ ހައްގަށް އަރައި ނުގަތުމަށާއި، ނޫސްވެރިކަމުގެ އަހްލާގީ މިންގަނޑުން ބޭރު ނުވުމަށް އިދިކޮޅުން ވަނީ އިލްތިމާސް ކޮށްފަ އެވެ.

އެފަދަ ހަބަރުތައް ލިޔާއިރު ކަމުގެ ފުރިހަމަ މައުލޫމާތު ހޯއްދާ ޒިންމާދާރު ކަމާއެކު މަސައްކަތް ކުރެއްވުމަށްވެސް ވަނީ ނަސޭހަތްތެރި ވެފަ އެވެ.

ހަމައެއާއެކު، އެމައްސަލަ މީޑިއާ ކައުންސިލާއި އިލެކްޝަންސް ކޮމިޝަނުން، އަދިވެސް ކަމާ ބެހޭ މުއައްސަސާތަކުން ބަލާ ފިޔަވަޅު އެޅުއްވުމަށްވެސް ވަނީ ގޮވާލަމެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް