ads
ވޯޓުލާ މަރުކަޒެއްގައި އޮފިޝަލުން ހަރަކާތްތެރިވަނީ ---
ބައެއް މީހުން ވޯޓުލާން ނުނިކުންނަނީ ކީއްވެ؟
ކޮންމެ އިންތިހާބެއް ބޯމަތި ވުމުން، ގިނަ ޒުވާނުންތައް އެމީހުންގެ ހައްގު އަދާކޮށް،ވޯޓު ލުމަށް ގޮވާލާ މަންޒަރުން ސޯޝަލް މީޑިއާ ފުރިގެންދެއެވެ. ނަމަވެސް މިފަހަރު ވަރަށް ތަފާތެވެ. އެތައް ބަޔަކު އަންނަނީ މިއަދު ކުރިއަށްމިދާ އިންތިހާބުގައި ވޯޓު ނުލާން ނިންމާފައެވެ.

މިހާރު ކުރިއަށްދާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ހާއްސަ ކޮމިޓީގެ އިންތިހާބުގައި ވޯޓު ނުލުމަށް ނިންމާފައިވާ ގިނަ މީހުންގެ ވާހަކަ ހުރީ އެއް މޭރުމަކުންނެވެ. އެއީ އެމީހުންނަށް މިހާރު އޮތް ގޮތުން ވޯޓުލާން ޖެހެނީ އެމީހުން "ތަމްސީލު" ނުކުރާ ބަޔަކަށް ވުމެވެ.

ރާއްޖޭގެ އާބާދީގެ އިންބައިކުޅަ އެއްބައި މާލޭގައި ދިރިއުޅޭއިރު، މާލޭގައި ދިރިއުޅުން އޮތް އެންމެނަށް މާލޭގެ ކަންކަމަށް ބަސް ބުނެވެން ޖެހެއެވެ. މާލޭގެ އެކި ދާއިރާތައް ތަމްސީލު ކުރަން ހޮވާ މީހުން ކުރާ ކަންކަމުން މާލޭގައި ދިރިއުޅޭ އެންމެނަށް އޭގެ އަސަރު ކުރާނެއެވެ. 

ޑިމޮކްރަސީގައި ރައްޔިތުން ހޮވާ ކެންޑިޑޭޓުންގެ އެންމެ މުހިއްމު އެއް ސިފަ އަކީ ރައްޔިތުން ތަމްސީލު ކުރުން ކަމަށްވާއިރު، މި އިންތިހާބުން އެކަން ހާސިލު ނުކުރެވޭނަމަ އެއީ ކަންބޮޑުވާން ޖެހޭ ކަމެކެވެ. 

މިކަމާގުޅިގެން މި އިންތިހާބު ބޮއިކޮޓް ކުރުމަށް ނިންމާފައިވާ ޒުވާނަކާ ސީއެންއެމްއިން ސުވާލުކޮށްލީމެވެ. އެނާގެ އެންމެ ބޮޑު ކަންބޮޑުވުމަކަށްވީ، މީހާގެ މުޅި ހަޔާތް މާލޭގަ ވޭތުކުރާ މީހާވެސް އޭނާ ދުވަހަކުވެސް ނުދާ ރަށަށް ވޯޓު ލާން ޖެހޭކަމެވެ. އޭނާ ވޯޓުލާ އެމީހަކީ ދުވަހަކުވެސް އޭނާ ތަމްސީލު ކުރާނެ މީހަކަށް ނުވުމެވެ.

"އެމީހުން މާލޭގައި ދިރިއުޅުނު ނަމަވެސް ވޯޓު ލުމުގެ ފުރުސަތު ނުލިބޭ. މާލޭގައި އުޅޭތާ ވަކި އަހަރެއް ވެއްޖެ ނަމަ ވޯޓު ލުމުގެ ފުރުސަތު ލިބެންޖެހޭ. ޑިމޮކްރަޓިކް ނިޒާމެއްގައި ތަމްސީލު ކުރުމަކީ މުހިއްމުކަމެއް." އޭނާ މައުލޫމާތުދިނެވެ.

ގައިމުވެސް ވަކި ދާއިރާތަކުން ރައްޔިތުން ތަމްސީލު ކުރާ މީހުން ހޮވުމަށް ވޯޓުދޭންވީގޮތް ބަދަލު ކުރަން މިހާރު މާ ލަސްވެސް ވެއްޖެއެވެ. އެމީހަކު ދިރިއުޅޭ ތަނެއް ތަމްސީލު ކުރަން ވޯޓު ދިނުމުގެ ހައްގު އެމީހަކަށް ލިބެން ޖެހެއެވެ. ކޮންމެ މީހަކަށްވެސް އެމީހަކު ތަމްސީލު ކުރާނެ މީހަކަށް ވޯޓު ދެވެން ޖެހެއެވެ. 

75%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް