އެގޮތުން އެރަށުގެ އެއް ފޮށީގައި މިއަދު މެންދުރު ކުރީ 11:48 ހާއިރު ވޯޓުލާން ފަށާފައި ވާއިރު، އަނެއް ފޮށީގައި ވޯޓު ލާން ފެށީ މެންދުރު 12:15 ހާއިރުގައެވެ.
ތ. އަތޮޅު ވިލުފުށީގައި ބަހައްޓާ ވޯޓު ފޮށީގެ ގިނަ އޮފިޝަލުން ކަރަންޓީނު ވާން ޖެހުމުގެ ސަބަބުން އެރަށުގައި ވޯޓު ލުން ލަސް ކުރަން ނިންމީ ރޭގައެވެ.
ވިލުފުށީގައި ބަހައްޓާ ވޯޓު ފޮށީގެ ގިނަ އޮފިޝަލުން ކަރަންޓީނު ވާން ޖެހި، އެރަށުން އިތުރަށް އޮފިޝަލުން ނުލިބުމުގެ ސަބަބުން މާލެއިން އޮފިޝަލުން އެރަށަށް ގެންދާން ނިންމާ، ޕީސީއާރު ޓެސްޓުވެސް ހެދުމަށްފަހު އަނެއްކާ އޮފިޝަލުން ނުގެންދާ ގޮތަށްވެސް ނިންމީ ރޭގައެވެ.
ހެނދުނު ނުވައެއް ޖަހަން ވާއިރަށް އެރަށުގައި ވޯޓުލުން ފެށޭވަރު ވޭތޯ މަސައްކަތް ކުރަމުން ދިޔަ ނަމަވެސް ވޯޓުލުން ފެށިފައި ވަނީ 12 ޖަހަނިކޮށެވެ.