ads
ސުޕްރީމް ކޯޓް
ސުޕްރީމް ކޯޓު ފަނޑިޔާރުން ރައްޔިތުންގެ ވޯޓަކުން ހޮވަން އެދޭ ރާއްޖެ ހަރަަކާތުން ގޮވާލައިފި
ސުޕްރީމް ކޯޓު ފަނޑިޔާރުން ރައްޔިތުންގެ ސީދާ ވޯޓަކުން ހޮވަން އެދޭ ރާއްޖެ ކެމްޕޭނު ހަރަކާތުން ގޮވާލައިފި އެވެ.
Advertisement

ރައްޔިތުންގެ ސީދާ ވޯޓުން ސުޕްރިމް ކޯޓުގެ ފަނޑިޔާރުން  ހޮވަން ހުށަހަޅާނީ، ގައުމުގެ ހަގީގީ ވެރިންނަކީ ރައްޔިތުން ކަމަށްވެފައި ރައްޔިތުންގެ ބާރުވެރިކަން އަބަދު ވެސް ރައްޔިތުންގެ އަތްމަތީގައި ދެމި އޮންނަކަން ކަށަވަރު ކުރުމަށާއި ތިން ބާރުގެ ތެރެއިން ރައްޔިތުންގެ ސީދާ ބައިވެރިވުމެއް ނެތި ގާއިމުކޮށްފައިވާ، އަދުލު އިންސާފު ގާއިމު ކުރުމުގެ އެންމެ މަތީ ކޯޓަށް މަންދޫބުން މެދުވެރިނުކޮށް، މީހުން އައްޔަނު ކުރުމާއި ވަކި ކުރުމުގެ ބާރު ސީދާ ރައްޔިތުންނަށް ހޯދައި ދިނުމަށެވެ.

"އެދޭ ރާއްޖެ" ކެމްޕޭނުގެ ބޭނުމަކީ ރައްޔިތުންގެ މަސްލަހަތަކީ އެންމެ އިސް މަސްލަހަތު ކަމަށް ދެކިގެން ރާއްޖޭގެ ހިންގުމުގެ ނިޒާމް އިސްލާހީ މަގަށް އެޅުވުމަށްޓަކައި ރައްޔިތުންނާ، މަދަނީ މުޖުތަމައުއާއި، ކައުންސިލްތަކާއި މީޑިއާއާއި، ސިޔާސީ ޕާޓީތަކާއި، ޒުވާނުން ހިމެނޭހެން ދައުލަތުގެ ހިންގުންތެރީންގެ މެދުގައި ބަހުސް އުފައްދައި، އިސްލާހީ ހަރަކާތަކަށް މަގު ކޮށުމެވެ.

"އެދޭ ރާއްޖެ" ހަރަކާތުން ވަނީ ގާނޫނު އަސާސީގައި ވަކިކޮށްފައިވާ ހުރިހާ ބާރުތަކެއް، ވެރި މީހާގެ ގަދަބާރުން ގާނޫނު އަސާސީ އާއި ހިލާފަށް، ވެރިމީހާގެ މުށުތެރެއަށް ޖަމާކޮށްގެން އުޅޭ އުޅުން ނިމުމަކަށް ގެނެވޭނެ އޮނިގަނޑެއްގެ ތެރެއިން މަޖިލީހާއި ރައިސުލްޖުމްހޫރިއްޔާގެ އަޅުވެތިކަމުން މިނިވަންވެގެން އެ މީހުންގެ ނުފޫޒުން އެއްކިބައިވެގެން މުއައްސަސާ ހިންގޭނެ އޮނިގަނޑެއް ހޯދުމަށް ގާނޫނޫ އަސާސީ ބަދަލުކުރުމަށް ހުށައެޅުން ތަކެއް ހިމަނާ ކަރުދާހެއް ސިޔާސީންނާއި ރައްޔިތުންގެ ހިޔާލަށް ދޫކޮށްލައިފަ އެވެ. 

ބޭނުމަކީ ވެރިންނަކީ ރައްޔިތުން ކަމަށްވެފައި އެ ބާރު އަބަދު ވެސް ރައްޔިތުންގެ އަތްމަތީގައި ދެމި އޮންނަކަން ކަށަވަރު ކުރުމެވެ. އެދޭ ރާއްޖެ ޓީމުން ގަބޫލްކުރާ ގޮތުގައި ވެރިކަން ހިންގުމުގެ އޮނިގަނޑުގެ އެންމެ މަތީގައި އަބަދުވެސް ތިބެންޖެހޭ ބަޔަކީ "ރައްޔިތުން" ނެވެ. އެހެން ކަމުން ގާނޫނު އަސާސީ އަށް ބަދަލު ގެނައުމަށް އެދޭ ރާއްޖެ ކަރުދާހުގެ އޮތް އެންމެ ފުރަތަމަ ހުޅަހެޅުމަކީ "ރައްޔިތުންގެ ބާރު" އެވެ.

މިކަން ކަމަށް ގޮވާލާ ރައްޔިތުންގެ އިހުސާސްތަކަށް އިހުތިރާމްކޮށް، ހާމަކަން ބޮޑު ގޮތެއްގައި ރައްޔިތުން މަތިން އަބަދުމެ ހަނދާން ކުރަން މަޖުބޫރުކޮށް، ދައުލަތާއި ސަރުކާރު ޖަވާބުދާރީ ކުރުމުގެ ނިޒާމް އަލުން ތަރުތީބު ކުރުމަށް އިސްލާހީ ވިސްނުންތަކުގެ އަލީގައި ރައްޔިތުން ބާރުވެރި ކުރުމަށް ގާނޫނު އަސާސީއަށް ގެންނާންޖެހޭ އިސްލާހުތައް ގެނައުމަށް "އެދޭ ރާއްޖެ" ހަރަކާތުން މިހާރު ވަނީ ވީހާ ވެސް ގިނަ ފަރާތްތަކެއްގެ ހިޔާލާއި ބައިވެރިވުމަށް ގޮވާލައިފަ އެވެ. 

އެ ހަރަކާތުން ގޮވާލައި މައިގަނޑު ގޮވާލުންތަކުގެތެރޭގައި ހިމެނެނީ:

  • ރައްޔިތުންގެ ހައްގުތަކާއި ދައުލަތުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި، ޕެޓިޝަން ހުށަހެޅޭނެ ނިޒާމެއް އުފަން ކުރުވައި، ހިންގުމުގެ ބާރާއި ގާނޫނު ހެދުމުގެ ބާރުންގެ ނިންމުންތައް ރިވައިޒް ކުރަން އެންގުމުގެ ދުސްތޫރީ ބާރުވެރިކަން ރައްޔިތުންނަށް ހޯދުމާއި
  • ރައްޔިތުންގެ ސީދާ ވޯޓުން ސުޕްރިމް ކޯޓު ފަނޑިޔާރުންނާއި ޕޮލިސް ކޮމިޝަނަރާއި ޕްރޮސިކިއުޓަރު ޖެނެރަލާއި ބަންޑާރަ ނައިބު އައްޔަނު ކުރުމާއި ވަކި ކުރާގޮތަށް ހަމަޖެއްސުމާއި
  • ދައުލަތާއި ސަރުކާރު ޖަވާބުދާރީ ކުރުމުގެ ނިޒާމް އަލުން ތަރުތީބުކޮށް، ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުން ހުށަހަޅައި އަދި ޕާޓީތަކުން އެއްބަސްވާ މީހުންގެ މައްޗަށް މިނިވަން މުއައްސަސާތައް އެކުލަވާލުމެވެ.

ރައްޔިތުންގެ ސީދާ ވޯޓުން ސުޕްރިމް ކޯޓުގެ ފަނޑިޔާރުން ހޮވަން ހުށަހަޅަނީ، ގައުމުގެ ވެރިންނަކީ ރައްޔިތުންނަށްވެފައިވާ ރައްޔިތުންގެ ބާރުވެރިކަން ގައުމުގައި ހިނގާ ކަން ކަށަވަރު ކުރުމަށާއި ތިން ބާރުގެ ތެރެއިން ރައްޔިތުންގެ ސީދާ ބައިވެރިވުމެއް ނެތި އަދުލު އިންސާފު ގާއިމު ކުރުމުގެ ބާރު ރައްޔިތުންނަށް ހޯދައި ދިނުމަށެވެ.

ރާއްޖޭގައި މިވޭތުވެދިޔަ 17 ވަރަކަށް އަހަރަށް ބަލާއިރު ގާނޫނު ހެދުމުގެ ބާރުން އަދަލު އިންސާފު ގާއިމު ކުރުމުގެ ބާރަށް ބިރު ދައްކާ، މަޖިލީހުގެ މެޖޯރިޓީ ބޭނުންކޮށްގެން ސުޕްރިމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދު ކުރުމާއި ފަނޑިޔާރުން ވަކިކުރުމަކީ އެންމެ އާދައިގެ ވަޒީފާގައި ހުންނަ މީހަކު ވަކި ކުރުން ފަދަ ކަމަކަށް ވަނީ ހަދާފަ އެވެ. އަދި ފަނޑިޔާރުން އައްޔަނު ކުރުމަކީ ވެސް އާދައިގެ ވަޒީފާއަކަށް މީހުން އައްޔަނު ކުރުން ފަދަ އާދައިގެ ކަމަކަން ވަނީ ހަދާފަ އެވެ. 

މި ކަމުގެ ސަބަބުން އަދަލު އިންސާފު ގާއިމު ކުރުމުގެ ބާރަކީ ގާނޫނު ހެދުމުގެ ބާރުގެ ދަށުގައި އޮންނަ ތަނެއްގެ ގޮތުގައި ގަބޫލު ކުރެވި ވަޒީފާ ދޭ މީހާގެ ބިރަށް އަދަލު އިންސާފު ގާއިމު ކުރުމަށް ވަނީ ހުރަސްތައް ކުރިމަތިވެ ރައްޔިތުންގެ އިތުބާރު ކޯޓުތަކަށް ގެއްލިފައި އެވެ. 

މިކަމުގެ ހައްލަކަށް އެދޭ ރާއްޖެ ހަރަކާތުން ގޮވާލަނީ ސުޕްރީމް ކޯޓު ފަނޑިޔާރުން ރައްޔިތުންގެ ވޯޓަކުން ހޮވަން ގާނޫނު އަސާސީ އިސްލާހު ކުރުމަށެވެ.

އެދޭ ރާއްޖެ ހަރަކާތުން މިފަދައިން ގޮވާލާ ރައްޔިތުންގެ މަޝްވަރާއަށް ކަރުދާހެއް އާންމުކޮށް، ޕޮލިސް ކޮމިޝަނަރާއި ޕީޖީ އަދި އޭޖޭ ވެސް ރައއްޔިތުންގެ ސީދާ ވޯޓުން ހޮވުމަށް ގޮވާލާފައިވާ އިރު ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސައިން "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދިވެހި ރާއްޖޭގެ ޕޮލިސް ކޮމިޝަނަރަކީ ސީދާ ރައްޔިތުންގެ ވޯޓަކުން ހޮވޭ އަދި ރައްޔިތުންގެ ބަހެއް އޮވެގެން ނޫނީ ވަކި ނުކުރެވޭނެ މީހަކަށް ހަދަންޖެހޭ ކަމަށެވެ.

"ރޖ ގެ ސީދާ ބާރާއި ނުފޫޒުގެ ދަށުގައި ސީޕީ ހުރެގެން ދުވަހަކުވެސް ފުލުހުންގެ މަސައްކަތް ރައްޔިތުންނަށްޓަކައި ކުރެވޭ ތަނެއް ނާންނާނެ." އޭނާ ވިދާޅުވި އެވެ.


އިސްލާހީ ވިސްނުންތަކުގެ އަލީގައި ރައްޔިތުން ބާރުވެރި ކުރުމަށް ގާނޫނު އަސާސީއަށް ގެންނާންޖެހޭ އިސްލާހުތައް ގެނައުމަށް މި މަސައްކަތުގައި ވީހާވެސް ގިނަ ފަރާތްތަކެއްގެ ހިޔާލާއި ބައިވެރިވުމަށް "އެދޭ ރާއްޖެ" ހަރަކާތުން ވަނީ ގޮވާލައިފަ އެވެ. މިއީ ފަޅި ސިކުންތަކަށް އޮތް ބާރު 5 އަހަރަށް ހޯދުމަށް ރައްޔިތުން ހިންގާ ހަރަކާތެކެވެ

  • އެދޭ ރާއްޖެ ކަރުދާހަށް ހިޔާލު ފޮނުއްވުމަށް: [email protected]
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް