ads
ތިނަދޫ އުތުރު ދައިރާގެ މެމްބަރުން ސައުދުﷲ ހިލްމީ
ކުރީ ސަރުކާރުން ސްވިފްޓަށް ދިން ބަދަލުން ދައުލަތަށް ވީ ފައިދާ: ސައުދު
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ސްވިފްޓް އިންޖިނިއަރިން ކުންފުންޏަށް ބަދަލުގެ ގޮތުގައި ފައިސާ ނުދީ، އެ އަގުގެ މަޝްރޫއުތަކެއް ދީފައިވުމަކީ ދައުލަތަށް ލިބުނު ބޮޑު ފައިދާއެއް ކަމަށް އެ ކުންފުނީގެ ވެރިޔާ އަދި ތިނަދޫ އުތުރު ދާއިރާގެ މަޖިލިސް މެމްބަރު ސައުދުﷲ ހިލްމީ މިއަދު ވިދާޅުވެއްޖެ އެވެ.
Advertisement

ވެރިކަން ކުރާ ޕީއެންސީގެ ސައުދުﷲ އޭނާގެ ރަސްމީ ފޭސްބުކް އެކައުންޓުގައި މިހެން ވިދާޅުވީ، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލު ހާޒިރުކުރަނީ ސްވިފްޓަށް ދިން ބަދަލުގެ މައްސަލައިގައި ކަމަށް މީޑިއާތަކުން ރިޕޯޓުކުރުމާ ގުޅިގެންނެވެ.

ސްވިފްޓް އިންޖިނިއަރިންގެ ހިއްސާ އޮންނަ ސައުދުﷲ، ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި އެ ކުންފުނިން ކުރިއަށްގެންދިޔަ ހަ މަޝްރޫއަކުން ކުންފުނި ވަކިކުރީ ގާނޫނާއި ގަވައިދާ ޚިލާފަށް ކަމަށެވެ.

އޭނާ ވިދާޅުވީ އެ މައްސަލައިގައި ކުންފުނިން ބޭނުންވަނީ ފައިސާތޯ ނުވަތަ މަޝްރޫއުތައްތޯ، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްގެ ސަރުކާރުގެ ސެޓުލްމެންޓް ކޮމިޓީން އެހި ކަމަށެވެ.

"އެހުމުން އަޅުގަނޑު ދެންނެވީ ފައިސާގެ ބަދަލުގައި ވަކިކުރި ޕްރޮޖެކްޓްތަކުގެ ބަދަލުގައި އެ ޕްރޮޖެކްޓްތަކުގެ ވެލިއުއަށް ފެތޭ ގޮތަށް ޕްރޮޖެކްޓް ދިނުމަށް. އެހެންކަމުން ސްވިފްޓްއަށް ބަދަލެއްގެ ގޮތުގައި ފައިސާ ދީފައިނުވޭ، މިގޮތަށް ޢަމަލުކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު ފައިދާއެއް ލިބިފައިވޭ. މި މައްސަލަ ކޯޓަށް ހުށަހެޅި ނަމަ، ސްވިފްޓް އިންޖިނިއަރިންއަށް ދައުލަތުން ބޮޑު އަދަދެއްގެ ފައިސާ ދައްކަން ޖެހުނީސް،" ސައުދުﷲ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފައިސާ ދިނުމުގެ ބަދަލުގައި، ކުންފުނިން ނެގި ހަ މަޝްރޫއުގެ ތެރެއިން ހަތަރު މަޝްރޫއެއްގެ އަގަށް ފެތޭ ގޮތަށް ފަސް މަޝްރޫއެއް އެ ސްވިފްޓްއަށް ދިން ކަމަށެވެ.

އޭސީސީން ފޮނުވި އަމުރުގައި އޮތީ، އަންނަ ހޯމަ ދުވަހުގެ ހެނދުނު 9:30 އަށް ފައްޔާޒު އެ އިދާރާއަށް ހާޒިރުވުމަށެވެ.

ހާޒިރުވުމުގެ އަމުރުގައި ބުނެފައިވާ ގޮތުން ފައްޔާޒަށް ތުހުމަތުކުރަނީ 2019 ވަނަ އަހަރު ބޭއްވި ޑިސްޕިއުޓް ރިސޮލިއުޝަން ކޮމެޓީގައި އޭނާ ބައިވެރިވެފައި ވަނީ އެ ކޮމެޓީގެ މެމްބަރެއްގެ ހައިސިއްޔަތުން ލިބިފައިވާ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން، ސްވިފްޓް އިންޖިނިއަރިން ކުންފުންޏަށް އެކަށީގެން ނުވާ ބަދަލެއް ދީ، އެ ކުންފުންޏަށް ލިބެން ނުޖެހޭ މަންފާއެއް ހޯދައިދިނުމަށް ކަމަށެވެ.

ޗިޓު ލިބުމުން ފައްޔާޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށް ދައުލަތަށް ގެއްލުން ލިބޭ ގޮތަށް އަމަލުކޮށްފައެއް ނޯންނާނެ ކަމަށެވެ. އަދި، އިންސާފުވެރި ތަހުގީގެއް އޭސީސީން ކުރާނެ އަދި ކުރެވޭނެ ކަމަށް މިއަދު ގަބޫލެއް ނުކުރާ ކަމަށް ލިޔުއްވާފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް